ވިޔަފާރި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި


މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ، އެމް.އޭ.ސީ.އެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިއެވެ.އެމްއޭސީއެލްއިން ބުނީ، ޑޮމެސްޓިކް ފްލައިޓްތަކަށް މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކަނީ، ލީޓަރެއް 8.17 ރުފިޔާއަށް ކަމަށެވެ. އެއީ 0.52 ޑޮލަރެވެ. އަދި އެކުންފުނިން އިންޓަނޭޝަނަލް ފްލައިޓްތަކަށް މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކަނީ، 7.98 ރުފިޔާއަށް ކަމަށްވެސް އެކުންފުނިން ބުނެއެވެ. އެއީ، 0.51 ޑޮަލަރެވެ.އެމްއޭސީއެލްއިން ފާއިތުވި 2015 ވަނަ އަހަރުވެސް އެއަރޕޯޓުން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފައިވެއެވެ. މިގޮތުން އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު، މިހާރު އިންޓަނޭޝަނަލް ފްލައިޓްތަކަށް ޖެޓް ފިއުލް ލިޓަރަކުން ވަނީ 1.80 ރުފިޔާއަށް އަގު ހެޔޮކޮށްފައެވެ. އެއީ 18.44 އިންސައްތަ ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ވަނީ، ޖެޓް ފިއުލް ލީޓަރަކުން 5.27 ލާރި ހެޔޮކޮށްފައެވެ. މިއީ، 39.80 އިންސައްތަ ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ.އެމްއޭސީއެލްއިން ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފައިވާއިރު، ދާދިފަހުން އެސްޓީއޯއިންވެސްވަނީ އެކުންފުނިން ވިއްކާ ޑިސަލާއި ޕެޓްރޯލުގެ އަގު ހެޔޮކޮށްފައެވެ.މި ބަދަލުތައް ކުންފުނިތަކުން ގެންނަމުންދާއިރު، މިހާރު ވިލާތާއި އެމެރިކާގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ، 27.67 ޑޮލަރަށްކަން ފާހަގަކޮށްލެވެއެވެ.