ސިޔާސީ

ނިހާނަށް އަނެއްކާވެސް އައިސީޔޫގައި ފަރުވާދެއްވަން ފަށްޓަވައިފި


ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކަށް އަނެއްކާވެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެއްވަން ފަށްޓަވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ނިހާންގެ ހާލުކޮޅު ސީރިއަސްވެގެން އޭޑީކޭގެ އައިސޫގައި ފަރުވާ ދެއްވުމަށްފަހު އާދީއްތަ ދުވަހު އައިސީޔޫއިން ދޫކުރެއްވިނަމަވެސް އިތުރު ފަރުވާއަށް ނިހާން އޮންނެވީ ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައެވެ.

ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ އަނެއްކާވެސް ނިހާނަށް އަސީޔޫގައި ފަރުވާދެއަވަން ފަށްޓަވާފައިވަނީ ރޭގެ 8:30 އެހާއިރުކަމަށެވެ. އަދި އެގޮތަށް ޑޮކްޓަރުން ނިންމެވީ ނިހާނަށް ޒިޔާރަތްކުރާ މީހުގެ ޢަދަދު ގިނަކަމުން ރެސްޓެއް ދެއްވުމުގެ ބޭނުމުގައިކަމަށްްވެސް ރިޔާޒް ވިދާޅުވިއެވެ. އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، މާދަމާގެ ވަގުތެއްގައި އިންޑިއާއަށް ފުރުއްވާލެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ރިޔާޒް ރަޝީދު ވިދާޅުވިއެވެ. 

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާންއަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދެއްވަން ފަށްޓަވާފައިވަނީ ފުއްޕާމޭގެ އާލާސްކަންފުޅަކަށެވެ.