 
										
			ޔޫރޯވިންގު އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. 
ޔޫރޯވިންގުން ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަންވިލާތުގެ ފްރެންކްފާޓު އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. އެގޮތުން ހަފްތާއަކު 3 ދަތުރު ކުރުމަށްވަނީ ހަމަޖެހިފައެވެ.  
މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ A330-200  މަަރުކައިގެން މަތިންދާ ބޯޓުތަކެވެ.  
		
Welcoming @eurowings !
— Velana Airport (@VelanaAirport) April 24, 2022
All the way from Germany ?? to the #Maldives ☀️?⛵️#VelanaAirport | #Eurowings | #VisitMaldives pic.twitter.com/G0MebqQhWT
			ޖަރުމަންވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖަރުމަންވިލާތަކީ މިހާރު ރާއްޖެއަށް 4ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެޤައުމުން ރާއްޖެއަށް އަހަރުގެ މިހާތަނަށް ވަނީ 47287 ފަތުރުވެރިން އައިސްފައެވެ. 
ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދުތައް އިތުރުކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ވީއައިއޭ ބަލަހައްޓާ މޯލްޑްވިސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.