ޚަބަރު

ރައީސް އަމިއްލަފުޅު ރަށުގައި އުފާވެރި ވަގުތުކޮޅެއް!


ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅު ރަށަށް ޅ.ހިންނަވަރަށް ވަޑައިގެން، ޢާއިލީ ބޭފުޅުންނާއި އެކުވެރިންނާއެކު ހަފްތާ ބަންދުގައި ވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަރުފުޅުގައި ވަނީ ރަށުގެ ގިނަ ގޭގެއަށް ޒިޔާރަތް ކުރައްވައި، ރަށުގެ ރައްޔިތުންގެ ޙާލު އަހުވާލު އޮޅުން ފިލުއްވާފައެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހިންނަވަރަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އިއްޔެ ހަވީރުގެ ވަގުތުތަކާއި، ރޯދަ ވީއްލުމާއި، އަދި ރޭގަނޑުގެ ވަގުތުތައްވެސް ހޭދަ ކުރެއްވީ ޢާއިލީ ބޭފުޅުންނާއެކު ރަށުގައެވެ. އެމަނިކުފާނު ވަނީ ރަށަށް ވަޑައިގެން ހިންނަވަރުގައި ރޯދަމަހު އާންމުކޮށް ރައްޔިތުން ކޮށްއުޅޭ ބައެއް ކަންކަމުގައި ބައިވެރިވެވަޑައިގެން އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރައްވާފައެވެ.

މިޒިޔާރަތުގައި އެމަނިކުފާނު ވަނީ އާއިލީ ގޭގެއަށާއި، ގާތްތިމާގެ އަދި އެކުވެރިގޭގޭއަށް ޒިޔާރަތް ކުރައްވާފައެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން ދިވެހި ރާއްޖޭގެއަޑަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އުފަން ރަށާ ދޭތެރޭގައި އަބަދުވެސް ޚާއްސަ ކަމެއް ދެއްވާކަމަށާއި، ޚިދުމަތުން ރިޓަޔަ ކުރެއްވާދުވަހަކުން ރަށުގައި އާއިލާއާއި، އެކުވެރިންނާއެކީ ދުވަސްތަކެއް ހޭދަކުރެއްވުމަކީ ވަރަށް ބޮޑު އުންމީދެއް ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ، އުފަން ރަށަށް މިކުރެވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރަށުގެ ދުވަސްވީ މީހުންނާއިވެސް ވަކިވަކިން ބައްދަލު ކުރައްވައި ހާލު އަހުވާލު އޮޅުން ފިލުއްވާފައެވެ. ރަށުގެ ރައްޔިތުންނަކީ އެމަނިކުފާނުގެ ހިތްޕުޅުގައި އަބަދުވެސް ޚާއްސަ ގަދަރެއް ދެވިފައިވާ، ބައެއްކަން މިދަތުރުފުޅުންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

އެކުވެރި ހިތްހެޔޮ ރައްޔިތެއް ދިރުއުޅޭ ހިންނަވަރުގެ ރައްޔިތުން ރައީސް ޞާލިހު ސިފަ ކުރައްވަނީ، ރަށުގެ އެންމެ ގަދަރުވެރި، ރަށު ރައީސްގެ ގޮތުގައެވެ. އަޑުގެ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އުމުރުން 10 އަހަރުގައި އުފަންރަށް ދޫކޮށް، މާލެއަށް ދިރިއުޅުން ބަދަލު ކުރެއްވީ އޭރުގެ ތަޢުލީމީ ހާލަތު ހުރިގޮތުން ރަށްފުށުން އެންމެ އެކަށީގެންވާ ތަޢުލީމެއް ލިބެން ނެތުމުން ބައްޕަގެ ނިންމެވުމެއްގެ މަތީންކަމަށެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ މައިންބަފައިންގެ އެންމެ ބޮޑު ނަސޭހަތަކީ އަބަދުވެސް މީހުންނާ ގުޅިގެން މަސައްކަތް ކުރުން ކަމުގައެވެ. އެއްވެސް މީހަކާމެދު ހަސަދަވެރިނުވަމަކީ އެމަނިކުފާނުގެ ބައްޕާފުޅު ނިޔާވުމުގެ ކުރިން ފޮނުއްވި ސިޓީގައިވެސް ލިޔުއްވައި ވަސިއްޔަތް ކުރައްވާފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރައްވަނީ އެގޮތުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށާ، ކޮންމެ ހާލަތެއްގައިވެސް މަސައްކަތް ކުރައްވާނީ އެކުވެރިކަމާއި އެއްބައިވަންތަކާއިއެކު މަސައްކަތް ކުރެއްވުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ މައިންބަފައިންގެ އެންމެ ބޮޑު ނަސޭހަތަކީ އަބަދުވެސް މީހުންނާ ގުޅިގެން މަސައްކަތް ކުރުން ކަމުގައެވެ. އެއްވެސް މީހަކާމެދު ހަސަދަވެރިނުވަމަކީ އެމަނިކުފާނުގެ ބައްޕާފުޅު ނިޔާވުމުގެ ކުރިން ފޮނުއްވި ސިޓީގައިވެސް ލިޔުއްވައި ވަސިއްޔަތް ކުރައްވާފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރައްވަނީ އެގޮތުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށާ، ކޮންމެ ހާލަތެއްގައިވެސް މަސައްކަތް ކުރައްވާނީ އެކުވެރިކަމާއި އެއްބައިވަންތަކާއިއެކު މަސައްކަތް ކުރެއްވުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލެ ބަދަލުވުމުގެ ކުރިން ރަށުގައި ހޭދަ ކުރެއްވި ދުވަސްތަކަކީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތޮތުން ކޮންމެ ހަފްތާއަކުވެސް ދެ ދުވަހު މޫދަށް އެރިލައި، އާއިލާއާއި އެކުވެރިންނާއެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވަން ވަގުތު ލިބިވަޑައިގަންނާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ވަގުތުތަކަކީ ހަޔާތުގައި އެންމެ އުފާވެރި ވަގުތުތަކެއްގެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ަދަނުއާ

ވަރަށް ހިތްތިރި ސާދާ ބޭކަލެއް.