ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ، އުފަންރަށް ހިންނަވަރަށް ވަޑައިގެންފި


ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެމަނިކުފާނުގެ އުފަންރަށް ހިންނަވަރަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވުމުން ދަތުރުގެ މާބޮޑު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން 3 ފަހަރެއްގެ މަތީން ހިންނަވަރަށް ވަޑައިގެންފައެވެ.

އެމަނިކުފާނު އެންމެފަހުން ހިންނަވަރަށް ވަޑައިގެންފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިންނަވަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިންނަވަރަށް ކުރައްވާ ދަތުރުފުޅު ނިންވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.