ކުޅިވަރު

ދިވެހި ސިފައިންގެ ކުލަބާއި ކަސްޓަމްސްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބާއި ކަސްޓަމްސްއިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗު މޯލްޑިވްސް މަނިތަރީ އޮތޯރިޓީ އާއި ބައްދަލުކޮށް ދިވެހި ސިފައިންގެ ކްލަބުން ކާމިޔާބުކުރީ 50 ލަނޑުންނެވެ. އަދި ދެވަނަ މެޗު ރައީސް އޮފީސްގެ މައްޗަށް ކަސްޓަމްސްއިން ކުރި ހޯދީ 6 ވިކެޓުންނެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބުން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 167 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި މުޙައްމަދު ޝަރީފް އާއި 31 ލަނޑު ހެދި އިސްމާއީލް ނާހިދެވެ. ޖަވާބުގައި އެމްއެމްއޭ ކުޅެންއަރާ 8 އޯވަރު ހަަމަވިއިރު ހެދުނީ 117 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ލަނޑު ހެދި އަޙްމަދު ސިހާދު އާއި 22 ލަނޑު ހެދި އަބްދުއް ރަޝީދެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ދެވަނަ މެޗުގައި ރައީސް އޮފީހުން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 99 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި ނައިބު ރައީސް ފައިސަލް ނަސީމް އާއި 31 ލަނޑު ހެދި މުންސިދު މުޙައްމަދެވެ. ޖަވާބުގައި ކަސްޓަމްސް ކުޅެންއަރާ 6 އޯވަރުގެ ތެރޭގައި 103 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި މުޙައްމަދު އާމިރު އާއި 19 ލަނޑު ހެދި މުޙައްމަދު ހައިކަލްއެވެ.

ރަމަޞާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގެ މެޗުތައް ހުކުރު ދުވަހު ހަވީރުވެސް ކުރިއަށް ދާނެއެވެ. ފުރަތަމަ މެޗުގައި ކުޅޭނީ މީރާ އާއި ހަޔަރ އެޑިއުކޭޝަންއެވެ. އަދި ދެވަނަ މެޗުގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި ދެކޮޅަށް ނުކުންނާނީ ޕޮލިސް ކްލަބެވެ.