ދުނިޔެ

ދުނިޔޭގެ ބާޒާރުތަކުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށްގޮސްފި


ދުނިޔޭގެ ބާޒާރުތަކުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށްގޮސްފިއެވެ.ވިލާތާއި އެމެރިކާގެ ބާޒާރުތަކުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދުވަނީ 29 ޑޮލަރުން 27.67 ޑޮލަރަށް ދަށަށްގޮސްފައެވެ. މިއީ 2003 އަހަރަށްފަހު ތެޔޮ ފީފާއެއްގެ އަގު 27 ޑޮލަރަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ތެލުގެ އަގު މިހާބޮޑަށް ދަށަށް ދިޔައީ އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއާއި ވިލާތުން އުވާލުމާއި ގުޅިގެންނެވެ.އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން މިހާރުވަނީ އީރާނުގެ ތެލުގެ ޝިޕްމަންޓްތަކަށް އެޤައުމުތަކުގެ ބާޒާރުތައް އަލުން ހުޅުވާލާފައެވެ. މިއާއިއެކު އީރާނުން މިހާރު ތެޔޮ ބޭރުކުރާ މިންވަރަށްވުރެ ދުވާލެއްގެ މައްޗަށް ފަސްލައްކަ ފީފާގެ ތެޔޮ އިތުރަށް ބޭރުކުރާނެކަން އެޤައުމުންވަނީ ހާމަކޮށްފައެވެ. ތެލުގެ އަގު ދަށަށް ދިޔައީ އީރާނުން ތެޔޮ އިތުރަށް ބޭރުކުރަން ފެށުމުން ތެލުގެ ސަޕްލައި މިހާރަށްވުރެވެސް އިތުވެގެންދާނެތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.