ކުޅިވަރު

އާސެނަލުން ވާދަވެރި ޗެލްސީ ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ޑާބީ މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗް އާސެނަލުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ޗެލްސީން ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ. މި މެޗްގެ ފުރަތަމަ ހާފް ވަރަށް ފޯރިގަދަކޮށް ކުރިއަށްދިޔައިރު، މި ހާފުގައި ހަތަރު ލަނޑު ފެނިގެންދިޔައެވެ.

އެގޮތުން މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓުގައި ޖަހާ ލީޑު ނެގީ އާސެނަލުންނެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ އެޑީ ކެއިޓިއާއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ޗެލްސީގެ ޓީމޯ ވާނާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗްގައި ދެވަނަ ފަހަރަށް އާސެނަލުން ލީޑު ނެގީ މެޗުގެ 27 ވަނަ މިނެޓްގައި އެމީލް ސްމިތު ރޯ ޖަހާދިން ލަނޑުންނެވެ.

މި މެޗްގައި ދެން ފެނިގެންދިޔައީ ޗެލްސީން އަނެއްކާވެސް އެއްވަރުކުރި ތަނެވެ. މި ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާއެވެ. މި މެޗްގައި ތިންވަނަ ފަހަރަށް އާސެނަލުން ލީޑު ނެގި ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ކެއިޓިއާއެވެ. އަދި އެ ޓީމްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާއެވެ.

މި ކާމިޔާބީއާއެކު އާސެނަލުން ވަނީ ކުޅުނު 32 މެޗުން 57 ޕޮއިންޓް ހޯދާ ތާވަލުގެ ހަތަރުވަނައިގައި އުޅޭ ޓޮޓްނަމް ހޮޓްސްޕާއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ނަމަވެސް ފައިދާ ލަނޑުގެ ތަފާތުން ކުރި ލިބެނީ ސްޕާސްއަށެވެ. އަދި ޗެލްސީ އުޅެނީ 31 މެޗުން ލިބިފައިވާ 62 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.