ސިޔާސީ

މަހްލޫފާއި ދެކޮޅަށް އުފުލި ދަޢުއުވާގެ އަޑުއެހުންތައް އަންނަ މަހު


ރައްޔިތުން މަޖްލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި ދެކޮޅަށް ދައުލަތުން އުފުލާވައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް އަންނަ މަހުގެ އެގާރަވަނަ ދުވަހު ފެށުމަށް ކުރިމިނަލްކޯޓުން ނިންމަވައިފިއެވެ.ކުރިމިނަލްކޯޓުން މިއަދު މަހްލޫފް އެކޯޓަށް ހާޒިރްކޮށް މައްސަލައިގެ ޝަރީއަތް ހިނގާނެ ގޮތާއި ބެހޭ މައުލޫމާތުދެއްވާފައިވެއެވެ. އަދި މި މައްސަލާގައި ވަކީލަކު އައްޔަންކުރުމުގެ ފުރުސަތުވެސް މިއަދު ކޯޓުން ވަނީ މަހްލޫފަށް ދެއްވާފައެވެ.މަހްލޫފާއި ދެކޮޅަށް ދަޢުލަތުން އުފުލާފައިވަނީ ކޮން މައްސަލައަކާއި ގުޅުންހުރި ދަޢުވާއެއްކަމެއް އަދި ސާފެއްނުވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މާރޗްމަހުގެ 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން އެމްއެމްއޭ ކައިރީގައި ކުރި މުޒާހަރާގައި ފުލުހުން ބަންދުކުރައްވާފައިވާ ސަރައްހައްދަށް ވަނުމުގެ ތުހުމުތުގައި މަހްލޫފް ހައްޔަރުކޮށްފައިވެއެވެ.