ކުޅިވަރު

މީރާ އާއި ކަސްޓަމަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ރަމަޝާން މަހާދިމާކޮށް ބާއްވާ ކްރިކެޓް ކާނިވަލްގެ ކުޅުން، ކުޅިވަރު އެކުވެނީ އެއްނަންބަރ ދަނޑުގައި މިއަދު ކުރިއަށް ދިޔައެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގައި ކުޅުނު މެޗުތައް މީރާ އަދި ކަސްޓަމްސް ރެކްރިއޭޝަނުން ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ މެޗް ޑީއެސްސީ އާއި ބައްދަލުކޮށް 14 ލަނޑުން ކާމިޔާބުކުރީ މީރާއެވެ. ދެވަނަ މެޗް ޕޮޮލިސް ކްލަބާއި ބައްދަލުކޮށް 6 ވިކެޓުން ކާމިޔާބުކުރީ ކަސްޓަމްސް ރިކްރިއޭޝަން ކްލަބްއެވެ.

ހޯމަ ދުވަހު ކުޅުނު ފުރަތަމަ މެޗު މީރާއިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 147 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 49 ލަނޑު ހެދި މުޙައްމަދު ޖިނާހު އާއި 45 ލަނޑު ހެދި ކަމްރުލް އިސްލާމްއެވެ.

ޖަވާބުގައި ޑީއެސްސީ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދުނީ 130 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި މުޙައްމަދު ޝަރީފް އާއި 30 ލަނޑު ހެދި އަޙްމަދު ތޮލްހަތެވެ.

ހޯމަ ދުވަހު ކުޅުނު ދެވަނަ މެޗުގައި ޕޮލިސް ކްލަބުން 8 އޯވަރުގެ ތެރޭގައި 106 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި ހަލީމުއްދީން އިސްލާމް އާއި 21 ލަނޑު ހެދި މޫސާ އަސީލްއެވެ. ޖަވާބުގައި ކަސްޓަމް ރެކްރިއޭޝަން ކްލަބުން ކުޅެންއަރާ 7 ވަނަ އޯވަރުގައި 112 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑު ހެދި މަޙްމޫދު ރިޔާޒް އާއި 27 ލަނޑު ހެދި އަޙްމަދު އާމިރެވެ.

މި މުބާރާތުގައި އަންގާރަ ދުވަހުވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އެމްއޭއެމް އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ރައީސް އޮފީހާއި ކުޅިވަރާ ބެހޭ ވުޒާރާއެވެ.