ޚަބަރު

މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ


އދ.އަތޮޅު ރިސޯޓް އެއްގައި މުދާ އެރި އުޅުނު އިންޑިއާގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އދ.އަތޮޅު ރިސޯޓް އެއްގައި މޫދަށް އެރި އުޅުނު އިންޑިއާގެ ފިރިހެން ފަތުރުވެރިޔަކު ގެނބިގެން އުޅޭކަމަށް މިއަދު މެންދުރު 12:11 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް ޑޮކްޓަރ ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށާއި، ނިޔާވީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބަލަމުންދާކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާ ހިނގާފައިވަނީ ސަން އައިލެންޑް ރިސޯޓްގައެވެ.