އެމެރިކާގެ އަންހެން ސީނިއާ ޓީމާއި އުޒްބެކިސްތާން ވިމެން ބައްދަލުކުރި ރަހްމަތްތެރިކަމުގެ މެޗު އެމެރިކާ ކާމިޔާބުކޮށްފިއެވެ.
މި މެޗު އެމެރިކާގެ އަންހެން ޓީމް ކާމިޔާބުކުރީ 9-0 ގެ ނަތީޖާއަކުންނެވެ.
އެމެރިޚާ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ރޯޒް ލަވޭލޭ އާއި ކެޓެރީނާ މަކަރީނާއިން ކުރެ ކޮންމެ ކުޅުންތެރިއެއްވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެއިތުރުން މެލޮރީ ޕޫގް، މިޖް ޕަރސް، އޭޝްލީ ސަންޗޭޒް އަދި ޓްރިނިޓީ ރޮޑްމަން ވެސް ވަނީ ލަނޑު ޖަހާދީފައެވެ. އަދި އުޒްބެކިސްތާންގެ ކަމީލާ ޒަރިޕޯވާ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.
މިކާމިޔާބީއާއެކު އެމެރިކާގެ އަންހެން ޓީމްމިވަނީ ބަލިނުވެ 67 މެޗު ހަމަކޮށްފައެވެ.