ކުޅިވަރު

ބެންފީކާ ކަޓުވާލައި ލިވަޕޫލް ސެމީއަށް


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ލިވަޕޫލް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ލިވަޕޫލް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ބެންފީކާ އާއި ބައްދަލުކޮށް 6 ލަނޑު 4 ލަނޑުގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެންނެވެ.

ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގް 3 ލަނޑު އެއްލަނޑުން ލިވަޕޫލް ކާމިޔާބުކޮށްފައިވާއިރު ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް ނިމުނީ 3 ލަނޑު 3 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. ލިވަޕޫލުން ގިނަ ބަދަލު ތަކަކާއެކު ނިކުން މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ފުރަތަމަ ލެގްގައިވެސް ލަނޑު ޖަހާދިން އިބްރާހިމާ ކޮނާޓޭއެވެ. ނަމަވެސް މިލަނު ޖެހިތާ 11 މިނެޓްފަހުން ބެންފީކާގެ މަތިއަސް ރާމޯސް ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަވެގެންދިޔައެވެ.

މިމެޗްގައި ލިވަޕޫލްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓާއި 65 ވަނަ މިނެޓްގައި ޖަހާދިނީ ރޮބާޓޯ ފިރްމީނޯއެވެ. މިމެޗްގައި ބެންފީކާގެ ދެވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ރޯމަން ޔަރެމްކުޗް ކާމިޔާބުކޮށްދިންއިރު މެޗްގެ ނަތީޖާ ހަމަހަމަކޯށްދިން ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ޑަވިން ނޫނޭޒްއެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލުން ލިވަޕޫލް ޖާގަހޯދާފައިވާއިރު ސެމީފައިނަލްގައި ބައްދަލުކުރަނީ ވިޔަރެއާލްއާއެވެ.