ޚަބަރު

ގާދޫ މީހުން ފޮނަދޫއަށް ބަދަލުކޮށް ނިމިއްޖެ


ހައްދުންމަތީ ގާދޫ މީހުން
އެ އަތޮޅު ފޮނަދޫއަށް ބަދަލުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.



ގާދޫ މީހުން ފޮނަދުއަށް
ބަދަލުކުރެއްވުމުގެ މަސައްކަތް ފަށާފައިވަނީ، މި މަހުގެ 11 ވަނަ ދުވަހުއެވެ. ސަރުކާރު ގެ އެއްފަސް
ކުރެއްވުމުގެ ސިޔާސަތުގެ ދަށުން، ލ އަތޮޅު ގާދޫ މީހުން އެ އަތޮޅު ފޮނަދޫއަށް ބަދަލުކުރުމަށް ނިންމާ، ފޮނަދޫގައި އަޅާފައިވާ 85 ގެއަށް މީހުން
ބަދަލުކޮށް ނިމުނީ ހޯމަދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. 

މި މަސައްކަތް ކުރިއަށް
ގެންދިޔައީ، ހައުސިންގ މިނިސްޓްރީގެ ޓީމަކާއި، އެމްއެންޑީއެފާއި ގުޅިގެންނެވެ.



ފޮނަދޫއަށް ބަދަލު ކުރެއްވި
ހުރިހާ ޢާއިލާތަކަށް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ ފަސްދޮޅަސް ހާސް ރުފިޔާވެސް
އެ ޢާއިލާތަކާއި މިހާރު ވަނީ ޙަވާލުކުރެވިފައެވެ.  



ގާދޫގެ 108 ޢާއިލާއެއް ފޮނަދޫއަށް ބަދަލުކުރެއްވުމަށް ފޮނަދޫގައި އަޅާފައިވާ 85 ގޭގެ
އިތުރަށް  ބާކީ އިމާރާތްކުރައްވަން ޖެހޭ 23 ގޭގެ މަސައްކަތް ނިމެންދެން އެ ޢާއިލާތައް ދިރިއުޅޭނެ އިންތިޒާމް ހައުސިންގ މިނިސްޓްރީން ވަނީ ފޮނަދޫގައި ހަމަޖައްސަވާފައެވެ. ބާކީހުރި 23ގެ އެޅުއްވުމުގެ މަސައްކަތް ދެމަހެއްހާ
ދުވަހުގެ ތެރޭގައި، ފެއްޓެވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން
މައުލޫމާތުދެއްވައެވެ.