ވިޔަފާރި

އެމެރިކާއާއި ވިލާތުގެ ހިއްސާގެ ބާޒާރުގެ އަގުތައް ވެއްޓިއްޖެ


ވިލާތާއި އެމެރިކާގެ ހިއްސާގެ ބާޒާރުގެ
އަގުތައް ވެއްޓި، ބައިނަލްއަޤްވާމީ އިޤްތިސާދާ ބެހޭ ގޮތުން ނުތަނަވަސްކަން
އުފެދިއްޖެއެވެ.



މި ގޮތުން، އިނގިރޭސިވިލާތުގެ ހިއްސާގެ
ބާޒާރުގެ މައި އިންޑެކްސް އެފް.ޓީ.އެސް.އީ ހަންޑްރެޑްގެ ހިއްސާގެ އަގުތައް ވަނީ
2.1 އިންސައްތަ ވެއްޓިފައެވެ. ބީ.ޓީގެ ހިއްސާގެ އަގުތައް ވަނީ 0.8
އިންސައްތައަށް ދަށަށް ގޮސްފައެވެ. އިނގިރޭސިވިލާތުގެ މައިނިންގް ކުންފުނިތަކުގެ
ހިއްސާގެ އަގުތައް އާދަޔާ ޚިލާފަށް ދަށްވެފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.



މި ގޮތުން އެންގްލޯ އެމެރިކަންގެ ހިއްސާގެ
އަގުތައް 11.5 އިންސައްތަ ވެއްޓުނު އިރު،
ގްލެންކޯގެ ހިއްސާގެ އަގުތައް ވަނީ 7 އިންސައްތަ ވެއްޓިފައެވެ. އަނެއްކޮޅުން، އެމެރިކާގެ ހިއްސާގެ ބާޒާރުގެ
ޑައު ޖޯންސް އިންޑަސްޓިއަލް އެވްރެޖްގެ ހިއްސާގެ އަގުތައް ވަނީ، 2.4 އިންސައްތައަށް ވެއްޓިފައެވެ.



އެސް އެންޑް ޕީ ފައިވް ހަންޑްރެޑްގެ
ހިއްސާގެ އަގުތައް 2.2 އިންސައްތައަށް ވެއްޓިފައިވާއިރު، ނަސްޑަގް ކޮމްޕޮސިޓްގެ އަގުތައް ވަނީ 2.7 އިންސައްތަ ވެއްޓިފައެވެ.