ޚަބަރު

ރިސޯޓްތައް ތަރައްޤީކުރުން ލަސްވާތީ މިނިސްޓަރ މައުސޫމް މަޖިލީހަށް!


ރޯދަމަހު މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް، ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމާއި ސުވާލު ކުރުމަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާއަށް މިނިސްޓަރ އަސްލަމްއާއި ސުވާލުކުރުމަށް ހުށަހަޅުއްވަފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއެވެ.

މިނިސްޓަރ މައުސޫމާއި ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވަނީ ތ.އަތޮޅުގައި ރިޒޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ގިނަ ރަށްތަކުގައި ރިޒޯޓުތަރައްޤީ ކުރެވިފައިނުވާތީ، އަދި ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީވެ، މިކަމާމެދު ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުންނެވެ.

މިނިސްޓަރއާއި ސުވާލު ކުރުމަށްފަހު މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އިތުރު ސުވާލުކުރުމަށް 20 މިނިސްޓްގެ ފުރުސަތެއް ދެވިގެންދާނެއެވެ. މާދަމާގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ފެށުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

ރަމަޟާންމަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދާނީ ހެނދުނު 10:30 އިން މެންދުރުފަހު 2:00އާ ހަމައަށްކަމަށެވެ.