ޚަބަރު

މެމްބަރު ނިހާންގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން


ރައްޔިތުންގެ
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން
ޙުސައިން މަނިކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެއްވަން ފެއްޓެވިފަހުން
ނިހާންގެ
ސިއްޙީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.



އަދި މިހާރު ހާލު ސީރިއަސް ނޫންކަމަށްވެސް ޕީއެސްއެމްއަށް ވަނީ މައުލޫމާތު
ލިބިފައެވެ.  



އޭ.ޑީ.ކޭ
ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، މެންބަރު ނިހާންއަށް އެހޮސްޕިޓަލުގެ އައި.ސީޔޫގައި
ފަރުވާދެމުންދާކަމަށެވެ. އެހެން ނަމަވެސް ނިހާންގެ މިހާރުގެ ކޮންޑިޝަން ހޮސްޕިޓަލުން
ހިއްސާކުރައްވާފައެއް ނުވެއެވެ.



މަޢުލޫމާތު ލިބިފައިވާގޮތުގައި ނިހާން ހޮސްޕިޓަލުގައި އެޑްމިޓް
ކުރައްވާފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި ފަރުވާ
ހޯއްދަވަމުން ގެންދަވަނީ ފުއްޕާމޭގެ އާލާސްކަންފުޅަކަށް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.