ޚަބަރު

ދިއްދޫގައި ބާއްވާ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ފަށައިފި


ހއ ދިއްދޫގެ ކުލަބެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މިއަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ "ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތް ފަށައިފިއެވެ.

މިމުބާރާތަކީ ޓީވީއެމުން ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ވާދަކުރަނީ އޮޑިޝަނެއް ބޭއްވުމަށްފަހު އެއޮޑިޝަނުން ހޮވުނު އެންމެ މޮޅު 20 ބައިވެރިންނެވެ. އެގޮތުން ރޭވަނީ މި 20 ބައިވެރިންގެ ކިޔެވުން ހުށައަޅާފައެވެ. އަދި މި 20 ބައިވެރިގެ ތެރެއިން ދެވަނަ ބުރަށް ހެވޭ 10 ބައިވެރިން މިރޭގެ ކިޔެވުމަށް ފަހު އިޢުލާނު ކުރެވޭނެ ކަމަށް މިޑްލް ސްޕޯޓްސް ކުލަބުގެ ރައީސް ނަސްވާން އިބްރާހިމް ޕީއެސްއެމްއަށް މައުލޫމާތު ދެމުންވަނީ ބުނެފައެވެ.

މި މުބާރާތް ކުރިއަށްދަނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައެވެ. މިމުބާރާތުގެ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަދުވަހުއެވެ.