ޚަބަރު

ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ތަޢާރަފްކޮށް، އުރީދޫން ޙާއްސަ ކެމްޕެއިނެއް


ކަނޑޫދޫ މިރުސް ބްރޭންޑް އިތުރަށް ފުޅާކޮށް، ކަނޑޫދޫގެ ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫއިން ކަނޑޫދޫ ކައުންސިލާއި ގުޅިގެން ރޯދައަށް ޙާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕޭން އިފްތިތާހުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ތައާރަފްކޮށް، ބްރޭންޑުގެ ގައިޑްލައިނާއި ހާއްސަ ލޯގޯ އަދި ވެބްސައިޓު ވަނީ ލޯންޗުކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ މި ކެމްޕެއިންގެ މައިގަނޑު މަގްސަދަަކީ ކަަނޑޫދޫގައި ހައްދާ މި ހާއްސަ މިރުހުގެ ފުރިހަަމަަަ މަަންފާާ ރަަށުގެ ރައްޔިތުންނަަށް ހޯދުމުގެ ފުރުސަަތުތަަކާއެކު ރަށުގެ އިގްތިސާާދީ އަދި އިޖްތިމާއީ ކުރިއެރުން ފަހިކޮށްދިނުން ކަމަށެވެ.

" މި ޕަަރޓްނަރޝިޕާާއެކު ކުރިއަަށްއޮތް ތަަނުގަައިވެސް ކަނޑޫދޫ ރައްޔިތުންނާާއެކު މި ބްރޭންޑް އިތުރަށްް ކުރިއެރުވުމުގައި ދެމިތިބޭނެ ކަަމުގެ ޔަަގީންކަންް އަަރުވަން،" މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

ކަނޑޫދޫ މިރުސް ބްރޭންޑް އުފެއްދުމުގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ވަނީ އެންޒީއާއެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއްވެސް ތައާރަަފްކޮށްފަައެވެ.

މި ހޮޓް ސޯސްގެ ބާވަތްތަަައް ތަައްޔާރުކުރެވިފަައިވަނީީ ކުޅި މަަޑުކޮށް ކާ މީހުންނަަށްވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށްވެސް ކަމުދާނެހެންނެވެ. ކަނޑޫދޫ މިރުސް ހޮޓް ސޯސް، ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމަަރސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ގަނެވޭނެކަމަށް އުރީދޫން ބުނެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަޠީފް ވިދާޅުވީ އުރީދޫގެ އިސްނެގުމުގެ ދަަށުން ލޯންޗްކޮށްފައިވާ ކެމްޕެއިނަކީ އެލްޖީއޭގެ ސްޓްރެޓީޖިކް އަމާޒުތަކާއިވެސް ގުޅިފައިވާ ކެމްޕެއިނެއް ކަމަށެވެ.

"އުރީދޫ މޯލްޑިވްސްއާއި ކަނޑޫދޫ ކައުންސިލުނ ގުޅިގެން މި ކުރެވުނު މަސަައްކަަަަތަަކީ ރާއްޖޭގެ ރަށްރަށުގެ މުޖުތަަމަައުތަކުގެ އިޤްތިސާދު ކުރިއެރުވުމަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގަަަައި ކުންފުނިތަކުގެ ބަައިވެރިވުމުގެ މުހިންމުކަން ދަަައްކުވައިދޭ ނަމޫނާ ޕަރޓްްްނަރޝިޕެއް." ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަލްފާޟިލާ އަފްޝަން ލަޠީފް ވިދާޅުވިއެވެ.

ކަނޑޫދޫ މިރުހަަަކީ ތ.އަތޮޅު ކަނޑޫދޫގައި ހައްދާ ގިތެޔޮ މިރުހުގެ ބާވަތެކެވެ. ކަނޑޫދޫ މިރުސް ވަނީ އޭގެ ތަފާތު ރަހަަަަައާާއި ވަަަސް އަަަަަދި ހާާއްސަަަ ކުޅިކަމަަށްޓަކައި ރާއްޖޭގެ އެކި ކަަންކޮޅުތަކުގަައި މަގުބޫލުކަން ހޯދާފައެވެ.