ޚަބަރު

ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސް ވަޅުލައިފި






މާލޭގެ
މަގެއްމަތީގައި މަރުވެފައި އޮއްވާ ފެނުނު ޙައްވާ ޒުހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް
ހެދުމަށްފަހު މާލެ ގެނެސް ވަޅުލައިފިއެވެ.



ފުލުހުން
ވިދާޅުވީ ޒުހާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހެދުމަށްފަހު ރޭ  ދަންވަރު ބާރަ ޖަހާކަންހާއިރު މާލެ ގެނެސް އޭނާގެ އައިލާއާއި ހަވާލުކޮށްފައިވާކަމަށެވެ. ޒުވާގެ ޕޯސްމޯޓަމްގެ ނަތިޖާ އަދި
ނުލިބޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.



ހ
ދޫހިމެރީގޭ ގޯޅިގަނޑުގެ ތެރޭގައި ޒުހާ މަރުވެފައި އޮއްވާފެނުނީ މިމަހުގެ ހަވަނަ 
ދުވަހުގެރެއެވެ. އެނާގެ ހަށިގަނޑު ޕޯސްމޯޓަމް ހެދުމަށް އިންޑިއާއަށް
ފޮނުވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެރެއެވެ.



ފުލުހުންވަނީ ޒުހާގެ
މަރާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައެވެ.  ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި
އަންހެނެއްކަމަށް ފުލުހުން  ވިދާޅުވެއެވެ.