ވިޔަފާރި

މައިސް ޓޫރިޒަމް ދާއިރާގެ އެންމެ އެންމެ ޝަރަފުވެރި ދެ އެވޯޑު ރާއްޖެއަށް


ގްލޯބަލް މައިސް ކޮންގްރެސް އެންޑް އެވޯޑްސް 2022 ގެ ޝަރަފްވެރި 2 އެވޯޑެއް ރާއްޖެ އަދި އެމްއެމްޕީއާރްސީން ކާމިޔާބުކޮށްފިއެވެ.

ގްލޯބަލް މައިސް ކޮންގްރެސް އެންޑް އެވޯޑްސް 2022 ގެ ހަފްލާ ބާއްވާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އިންޑިއާގެ މުންބާއީގެ ތާޖް ލޭންޑްސް އެންޑްގައެވެ. މި ހަފްލާގައި އެންމެ ހާއްސަ އެއް ޝަރަފްކަމުގައިވާ "މޯސްޓް ޕްރިފާޑް ޓޫރިސްޓް
ޑެސްޓިނޭޝަން 2021"ގެ އެވޯޑް ދިވެހިރާއްޖެއިން ވަނީ ހާސިލްކޮށްފައެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީއިން މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ "ރީޑިފައިނިން މައިސް" ކެމްޕެއިން އަށް ވަނީ "ބެސްޓް މާކެޓިން އިނީޝިއޭޓިވް" ގެ އެވޯޑު ލިބިފައެވެ.

މާކެޓިންގް ދައިރާއިން ހިންގި އެންމެ ކާމިޔާބު ކެމްޕެއިންގެ އެވޯޑު ލިބުނު އެމްއެމްޕީއާރްސީގެ ކެމްޕެއިނަކީ މައިސް ޓުއަރިޒަމްއަށް ރާޢްޖޭގައި ހުރި ފުރުސަތުތައް ޕްރޮމޯޓު ކުރުމަށް އިންޑިއާގެ މުމްބާއީގައި ލޯންޗު ކުރެވުނު ކެމްޕެއިނެކެވެ. މިކެމްޕެއިންގެ ތެރެއިން މި ސަރަހައްދުގައި މައިސް ހަރަކާތްތައް ބާއްވަން އެންމެ ރަނގަޅު މަންޒިލުގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކޮށް މައިސް ސެގްމެންޓުގެ ތަފާތު މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރެވޭނެއެވެ. އެމްއެމްޕީއާރްސީން ވިދާޅުވީ، މި ކެމްޕެއިންގެ މަޤްސަދަކީ ވިޔަފާރިތަކަށް މައިސް ހަރަކާތްތައް ރާޢްޖޭގައި ބޭއްވުމުގެ ތަފާތު ދައްކުވައިދީ، މައިސް ދަތުރުވެރިންނަށް ފޯރުކޮށްދޭ ތަފާތު ޙިދުމަތް ބައިނަލްއަޤްވާމީ ފެންވަރުގައި ޕްރޮމޯޓު ކުރުން ކަމަށެވެ.

ގްލޯބަލް މައިސް ކޮންގްރެސް އެވޯޑަކީ، މީޓީންގްސް، އިންސެންޓިވްސް، އަދި ކޮންފަރެންސް ނުވަތަ މައިސް ހަރަކާތްތައް ބާއްވާ މިފަދަ ޙިދުމަތް ފޯރުކޮށްދީ މިކަމާއި ގުޅުން ހުރި ޙިދުމަތްތައް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ދެވޭ އެވޯޑެކެވެ. މިއީ މި ޙަފްލާ ބާއްވާ 4 ވަނަ އަހަރަށްވާއިރު، މި އެވޯޑު އަކީ ރަނގަޅު ބްރޭންޑިންގް ގެ މުހިންމު ކަމުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުމަށް ދެވޭ އެވޯޑެކެވެ.

ރާއްޖޭގެ މައިސް ސެގްމެންޓު އިތުރަށް ކުރިއެރުވުމުގެ މަޤްސަދުގައި މިދިޔަ އަހަރުން ފެށިގެން އެމްއެމްޕީއާރުސީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިއަހަރުވެސް މި ސެގްމެންޓު ޕްރޮމޯޓުކުރުމަށް ދުނިޔޭގެ ވިޔަފާރީގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓް ކަމުގައިވާ އިންޑިއާގައި ބޭއްވި އޯޓީއެމް 2022 އެމްއެމްޕީއާރުސީއިން ވަނީ ބައިވެރިވެފައެވެ. މައިސް ސެގްމެންޓު ކުރިއެރުވުމަށް އިންޑިއާއާއި ދުނިޔޭގެ އެކި ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއެކު އެމްއެމްޕީއާރުސީއިން ދަނީ ޖޮއިންޓް ކެމްޕެއިންތައްވެސް ހިންގަމުންނެވެ. މިގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިންތަކުގެ ތެރޭގައި ޓްރީ ކެމްޕެއިން ވިތް ޔަތްރާއާއި ގޯއެއަރ އާއި އީޑީއެމް ކެމްޕެއިން ވިތް އެކްސްޗޭންޖް ފޯ މީޑިއާ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީއިން ދަނީ 2 ހަބާއާއިއެކު ޑެސްޓިނޭޝަން އޮންލައިން ޓްރެއިނިން އީ-ލާނިން ކެމްޕެއިނެއްވެސް ކުރިއަށް ގެންދަމުންނެވެ. އަދި މިއަހަރު ކުރިއަށް އޮތް ތާންގައިވެސް މިފަދަ ގިނަ ކެމްޕެއިންތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ތޯމަސްކުކް އާއި އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖޮއިންޓް ކެމްޕެއިން އަދި ޕިކްޕޯޓްރެއިލް އާއިއެކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކެމްޕެއިން ހިމެނެއެވެ. މީގެއިތުރުން ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕްސްތައްވެސް ހިމެނިގެން ދާނެއެވެ.

އެމްއެމްޕީއާރުސީއިން ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ހިންގާ ކާމިޔާބު ހަރަކާތްތަކާއި، މަންޒިލް ޕްރޮމޯޓުކުރުމަށް ކުރާ މަސައްކަތްތަށް ކާމިޔާބު ވާކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި މަންޒިލަށް އަދި މެއެމްޕީއާރުސީއަށް ލިބިފައިވާ އެ އެވޯޑުތައް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މިގޮތުން 2019 ވަނަ އަހަރު 29 އެވޯޑު، 2020 ވަނަ އަހަރު 16 އެވޯޑު އަދި 2021 ވަނަ އަހަރު 35 އެވޯޑު ވަނީ ލިބިފައެވެ. މީގެތެރޭގައި ވިދިވިދިންގެ 2020 އަދި 2021 ވަނަ އަހަރު ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ އެންމެ މަޤުބޫލު ލީޑިންގް ޑެސްޓިނޭޝަން އެވޯޑު ލިބުން އެއީ ފާހަގަކުރެވެއެވެ. އަދި އެމްއެމްޕީއާރުސީއިން ވަނީ 2021 ވަނަ އަހަރު އިންޑިއަން އޯޝަންގެ ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑުވެސް ހާސިލްކޮށްފައެވެ.