ޚަބަރު

ވަޒަންތައް ފެނުނު މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި


ރ.ދުވާފަރުން ވަޒަންތަކެއް ފެނުނު މައްސަލައިގައި
ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ވިދާޅުވީ ދުވާފަރުން ވަޒަންތަކެއް ފެނުނު
މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަތަރު ފިރިހެންނުންކަމަށެވެ. މީގެތެރެއިން
ދެމީހެއްގެ ބަންދަށް ފަސްދުވަސް ޖަހާފައިވާއިރު އެކެއްގެ ބަންދަށް ތިން ދުވަސް
އަދި އަނެކަކުގެ ބަންދަށް ހަތް ދުވަސް ޖަހާދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.



އެހެންނަމަވެސް މި ހަތަރު މީހުންނާއި ބެހޭ އިތުރު
ތަފްސީލެއް ފުލުހުން މިހާތަނަށް އާއްމު ކުރައްވާފައެއް ނުވެއެވެ.



ރ ދުވާފަރުގައި ފުލުހުން ހިންގެވި މަސްތުވާތަކެތީގެ
އޮޕަރޭޝަނެއްގައި އެރަށު ގެއަކުން ފެނުނު ވަޒަންތަތަކީ ސިފައިން ތަމްރީނުތަކުގައި
ބޭނުންކުރާ ވައްތަރުގެ ވަޒަންތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ.



މި ވަޒަންތައް ފެނުމުން ފުލުހުންނާއި ސިފައިން ގުޅިގެން
އިއްޔެވަނީ ދުވާފަރުގެ ގެތަކެއް ބަލާ ފާސް ކުރައްވާފައެވެ.