ޚަބަރު

އައިޖީއެމްއެޗްގެ އައިފޯން އެޕްލިކޭޝަން ތަޢާރަފްކޮށްފި


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ޙިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ އަދި އަވަސް ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އައި.ޖީ.އެމްް.އެޗުގެ މޮބައިލް އެޕްލިކޭޝަންގެ އެޕަލް އައިފޯނަށް ޚާއްސަ އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ.  އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ މި އެޕްލިކޭޝަން އެޕަލް ސްޓޯއިން މިހާރު ޑައުންލޯޑް ކުރެވޭނެކަމަށާއި، މި އެޕްލިކޭޝަނުގައި އޯޕީޑީ ޙިދުމަތްތައް ހޯދުމަށް ކިއު ނަންބަރު ނެގުމާއި، އޯޕީޑީގައި ޑޮކްޓަރުން ބަލަމުންގެންދާ ކިއު ވަގުތުން ވަގުތައް ފެންނަން ހުންނާނެކަމަށެވެ. މީގެ އިތުރުން ޑޮކްޓަރުންގެ ޑިއުޓީ ބެލުމާއި، ސްޕެޝަލިސްޓުންނަށް އޮޕޮއިންޓްމަންޓް ހެދުމުގެ އިންތިޒާމް އަދި ހަދާފައިވާ އެޕޮއިންޓްމަންޓްތަކުގެ ސްޓޭޓަސް ބެލެން ހުންނާނެކަމަށް އައި.ޖީ.އެމް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތްތާނގައި ހޮސްޕިޓަލުން ދޭ އިތުރު ޙިދުމަތްތައް، މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވާނެކަމަށް އައިޖީއެމްެއެޗުން ވިދާޅުވެއެވެ. އައި.ޖީ.އެމް.އެޗުން ވަނީ މިދިޔަ އަހަރު މި އެޕްލިކޭޝަންގެ އެންޑޮރޮއިޑް އެޕްލިކޭޝަން އާއްމު ކުރައްވާފައެވެ.