ޚަބަރު

ލ. ގަން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި


ލ. ގަން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އަލްފާޟިލް ޝިފާއު އަލީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ.

މި މަޝްރޫޢުގެ ދަށުން، ގަމުގެ ބަނދަރުގެ އުތުރު ފަޅިން ގިރާ ސަރަހައްދު ހިމާޔަށްކުރުމަށްޓަކައި 30 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމާއި 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން 10،007 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން ލ.ގަމުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލައަތް ހައްލެއް ލިބި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ އެމިނިސްޓްރީއިން ފާހަގަ ކުރެއްވިއެވެ. މިއީ 52.11 މިލިޔަން ރުފިޔާ އަށް 180 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ރާއްޖޭގެ ގިނަ ރައްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލު ކޮށްދިނުމަށްޓާކައި ސަރުކާރުން އަންނަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަޝްރޫއު ތަކެއް އަތޮޅު ތަކުގެ ރަށްރަށުގައި ހިންގަމުންނެވެ.