ޚަބަރު

ބަދިގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ ގެ ވެސް ރޯވެއްޖެ


ރޭ ދަންވަރު ރ. މަޑުއްވަރީގެ ގެއެއްގެ މަސް ކައްކާ ބަދިގެއެއްގައި ހިނގި
އަލިފާނުގެ ހާދިސާގައި އެ ގޭގެ ބަދިގެއާއި އެ ގެ މީހުންނަށް ދިރި ނޫޅެވޭވަރަށް އަނދައި ހުލިވެއްޖެއެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.



މަޑުއްވަރީ ކައުންސިލުން
މަޢުލޫމާތުދެއްވިގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ރަށު ވީނަސްގޭގައި ހުރި
ބަދިގޭގައި ރޭ މަސްކައްކައި ނިމުނު ފަހުންނެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު ގިނަ އަދަދެއްގެ މަސްކައްކާފައި ހުރިކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއްވައެވެ.

މި ހާދިސާގައި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، އެގޭގެ އިތުރު 2 ކޮޓަރިއެއްގައި އަލިފާންރޯވެ، ދިރިނުއުޅެވޭ ވަރަށް އަނދާފައިވެއެވެ. އަދި
ގޭގައި ހިފާގެންގުޅޭ ތަކެއްޗާއި ކަރަންޓް ވައިރިންގވެސް އެއްކޮށް ހަލާކުވެފައިވާކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއްވައެވެ.





ރޭ ދަންވަރު 1:05 ހާއިރު ހިންގި މި
އަލިފާނުގެ ޙާދިޞާގައި ބަދިގެއާއި ގޭގައި ރޯވި އަލިފާން ގަނޑު ނިއްވާލާފައިވަނީ
ރަށު ރައްޔިތުންގެ އެހީތެރިކަމާއި އެކުގައެވެ.