ޚަބަރު

ގާދޫގެ 38 އާއިލާ ފޮނަދުއަށް ބަދަލުކޮށްފި


ލ. އަތޮޅު
ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި މިހާތަނަށް
38 އާއިލާއެއް ފޮނަދުއަށް ބަދަލުކުރެވިފައިވާ ކަމަށް ގާދޫ ކައުންސިލުން
ވިދާޅުވެއްޖެއެވެ.





މިދިޔަ
ހަފްތާއިން ފެށިގެން ގާދޫ ރައްޔިތުން ފޮނަދުއަށް ބަދަލުކުރުމުގެ މަސައްކަތް
ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. ގާދޫ ރައްޔިތުން ފޮނުދުއަށް ބަދަލު ކުރުމަށް ހިންގޭ
ޚާއްޞަ އޮޕަރޭޝަންގައި މުދަލާއި މީހުން އުފުލަމުންދަނީ އެމްއެންޑީއެފްގެ
ދޯންޏެއްގެ އިތުރުން ހައުސިންގ މިނިސްޓްރީން ހަމަޖައްސައިދެއްވާފައިވާ
ކޮޅުވެއްޓިއެއްގެ އެހީގައެވެ.





ގާދޫ މީހުން
ބަދަލުކުރެއްވުމަށް ފޮނަދޫގައި މިހާތަނަށް އަޅުއްވާފައިވަނީ 85 ގެއެވެ. ބާކީ ތިބި ޢާއިލާތައް
އުޅުމަށް ފޮނަދޫއިން ގެ ކުއްޔަށް ހޯއްދަވާފައިވާއިރު، އެ ޢާއިލާތަކަށް ކުލި ދައްކައިދޭނީ
ހައުސިން މިނިސްޓްރީންނެވެ. ގާދޫއިން ލ. ފޮނަދޫއަށް ބަދަލުވާ ކޮންމެ ޢާއިލާއަކަށް 60,000 ރުފިޔާ ދިނުމަށް ހައުސިން މިނިސްޓްރީން ނިންމަވާފައިވެއެވެ.