ކުޅިވަރު

ހަނީފްގެ 2 ގޯލުން ސަސްއިން ފަހަތުން އަރާ މެޗް ކާމިޔާބުކޮށްފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަރ ޔުނައިޓަޑް ސްޕޯޓްސް (ސަސް)އިން ފަހަތުން އަރާ ދަ ގްރާންޑޭ ބަލިކޮށްފިއެވެ. ދަ ގްރާންޑޭއިން މިމެޗް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

މެޗް ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ އާދައިގެ ކުޅުމެކެވެ. މެޗްގައި އެންމެ ފުރަތަމަ ލީޑް ނަގާ ކުރި ހޯދީ ދަ ގްރާންޑޭއިންނެވެ. މިލަނޑު މެޗްގެ 16ވަނަ މިނެޓްގައި ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ އިސްމާއީލް ނަޒީހުއެވެ. ދަ ގްރާންޑޭއިން ލަނޑު ޖެހުމާއެކު ސަސްއިން ކުރިއަށް ޖެހިލައިގެން ކުޅެން ފެށިއެވެ. އަދި ގޯލް ޖަހަން ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރިއެވެ. މެޗްގެ ފުރަތަމަ ހާފްގައި އިތުރު ގޯލެއް ޖަހަން ދެ ޓީމުން ކުރަމުންދިޔަ މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމިފައިވަނީ ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ.

މެޗްގެ ދެވަނަ ހާފްގައި ސުޕަރ ޔުނައިޓަޑް ސްޕޯޓްސް (ސަސް)އިން ކުޅުން ފެށީ ކުރިއަށް ޖެހިލައިގެންނެވެ. ދެވަނަ ހާފަށް ނިކުތްއިރު މެޗުން ބަލިވެފައި އޮތުމުން، ސަސްއިން ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ދަ ގްރާންޑޭއިންވެސް އެޓީމްއަށް ލިބޭ ފުރުސަތުގައި ސަސްގެ ގޯލްއަށް ނުރައްކާ ކުރިއެވެ. ސުޕަރ ޔުނައިޓަޑް ސްޕޯޓްސް (ސަސް)އިން މެޗް އަބުރާލީ މެޗްގެ ދެވަނަ ހާފްގެ ފަހު 15 މިނެޓްގެ ތެރޭގައި ޖެހި ދެ ގޯލުންނެވެ. މިދެ ގޯލްވެސް ސަސްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަނީފް (ބެންޖޯ)އެވެ.

މެޗްގެ 75ވަނަ މިނެޓްގައި އަހުމަދު ހަނީފް ޖެހި ފުރަތަމަ ގޯލަކީ މިފަހަރުގެ ލީގުގައި އެންމެ ދުރުން ޖެހި ގޯލެވެ. އަދި މެޗްގެ 85ވަނަ މިނެޓްގައި އަަހުމަދު ހަނީފް ޖެހި ގޯލަކީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޖެހި ގޯލެއްވެސްގެ ދެވަނަ ގޯލަށް ފަހުވެސް އެޓީމަށް ލީޑް ފުޅާ ކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. މުހައްމަދު ސަހާއު ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.

މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ސަސްއޮތީ ތާވަލްގެ 6ވަނައިގައެވެ. އެއީ 7 މެޗުން ލިބުނު 7 ޕޮއިންޓްއާއެކުއެވެ. ދަ ގްރާންޑޭއަށް ލީގްގައި އަދި މޮޅެއް ލިބިފައިނުވާތީ، އެޓީމް އޮތީ ތާވަލްގެ އެންމެ ފުލުގައެވެ.