ޚަބަރު

އެސްޓީއޯއިން ނިޕޯން ރަމަޟާން ބާޒާރު ޕްރޮމޯޝަން ފަށައިފި


އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން މިއަހަރުގެ ރަމަޟާންް މަހާއި ދިމާކޮށްް "ނިޕޯން ރަމަޟާން ބާޒާރު ޕުރޮމޯޝަން" ފަށައިފިއެވެ.

ޕެއިންޓް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައި މި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމްރު މުހައްމަދު ރަޝާދުއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ނިޕޯން ޝޯރޫމް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައެވެ. ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެސްޓީއޯގެ ސޭލްސް ކޯރޑިނޭޓަރ ފާތިމަތު ފަނާޒާ ވިދާޅުވީ ޕެއިންޓް އައިޓަމް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން 1000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަންއެއް ލިބިގެންދާނެއެވެ.

" ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، އެ ފަރާތަށް ޝީޝާގެ ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ލިބިގެންދާ މި ޕްރޮމޯޝަންގައި އަދިވެސް އިތުރު އަގު ހުރި އިނާމްތަކެއް ދިނުމަށްވަނީ ހަމަޖެހިފައި" ފަނާޒާ ވިދާޅުވިއެވެ.

އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓްއަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މިހާރު ނިޕޯން ޝޯވ ރޫމް ހުންނާނީ އާމީނީ މަގުގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ވެއަރހައުސް އިމާރާތުގައެވެ.