ކުޅިވަރު

އުނދަގޫ ފައްތަރެއްގައި އޮތް ޗެލްސީން ފަހު ވަގުތު ނިއކާސަލް ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީން ނިއުކާސަލްގެ މައްޗަށް ކުރި ހޯދައިފިއެވެ. ފަހު ވަގުތު ވަގުތު ކާމިޔާބު ކުރި ގޯލުން ޗެލްސީ މޮޅުވީ 1 ލަނޑު 0 ލަނޑުންނެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުން ނިއުކާސަލް އަތުން ޗެލްސީ މޮޅުވީ 89 ވަނަ މިނިޓްގައި ކައި ހަވާޓްޒް ޖެހި ގޯލުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބޮލުން ޖަހަން އެރި ބޯޅައެއްގައި ނިއުކާސަލްގެ ޑެން ބާން އަށް ހަވާޓްޒް ހަމަލާދިން ކަމަށް ބަލައި، އޭނާ އަށް ރަތް ކާޑެއް ދައްކަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ރީނދޫ ކާޑެއްދެއްކުމަށެވެ.

ފައުލަށް ފަހު ހަވަރޓްޒް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް، ޖޯޖީނިއޯ މަތިން ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ހަވާޓްޒް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ކާމިޔާބުކޮށްފައެވެ.

ރޭގެ މޮޅާއެކު ޗެލްސީ ތިންވަނައިގައި އޮތީ 28 މެޗުން ލިބިފައިވާ 59 ޕޮއިންޓާ އެކުގައެވެ.

ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީ 2-0 އިން ބަލިކޮށް އާސެނަލް އަލުން މިވަނީ ގަދަ ހަތަރު ވަނަ އަށް ޖެހިލައިފައެވެ.

އާސެނަލްއިން މެޗުގައި ލީޑު ނެގީ މެޗުގެ އެގާރަ ވަނަ މިނެޓުގައި ތޯމަސް ޕާޓޭ ޖެހި ގޯލުންނެވެ. މިއީ ގަބްރިއެލް މާޓިނެލީ ނެގި ކޯނަރަކުން ޕާޓޭ ބޮލުން ޖެހި ގޯލެކެވެ. މިއީ ލެސްޓާ ބަލިކޮށް އާސެނަލުން ޖެހިޖެހިގެން ލީގުގައި ހޯދި ފަސް ވަނަ މޮޅު. އާސެނަލްއިން ދެ ވަނަ ގޯލު ޖެހީ 59 ވަނަ މިނިޓްގައި އެލެކްސަންޑަ ލަކަޒޭޓެވެ. މިއީ ލެސްޓާގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީއެކެވެ.

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެވަޓަން ދަނޑުގައި ވުލްވްސް ވަނީ 1-0 އިން މޮޅުވެފަ. ލީޑްސް ޔުނައިޓެޑުން 2-1 އިން ނޮވިޗް ސިޓީ ބަލިކުރިއިރު، ސައުތެމްޓަން ދަނޑުގައި ވަޓްފޯޑް 2-1 އިން ވަނީ މޮޅުވެފައެވެ. ވެސްޓް ހޭމް އިން ވަނީ 2-1 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ.