ކުޅިވަރު

ޓީ10 ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލް މެޗާއި ފައިނަލް މެޗް ފަސްކޮށްފި


ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލް މެޗާއި ފައިނަލް މެޗް ފަސްކޮށްފިއެވެ. މިމެޗްތައް ފަސްކޮށްފައިވަނީ މިމަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ހަފްލާއަށް ކުޅިވަރު އެކުވެނި ތައްޔާރު ކުރުމަށް އެކުވެރި ޓްރެކް ސަރަހައްދު ބަންދުކުރުމާއި ގުޅިގެންނެވެ. މިހާރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން ވަނީ ސެމީ ފައިނަލް މެޗްތައް މިމަހުގެ 25 އަދި ފައިނަލް މެޗްތައް މިމަހުގެ 26ވަނަ ދުވަހު ކުޅޭ ގޮތަށް ނިންމާފައެވެ.

މިދިޔަ ހަފްތާ ބަންދުގައި ކުރިން ކުޅުމަށް ހަމަޖެހިފައިއޮތް މިމެޗްތަކުގެ ތެރެއިން ފުރަތަމަ ސެމީ ފައިނަލް މެޗްގައި ބައްދަލުކުރާނީ ސީބީއެލް އާއި ކޮމެޓްސްއެވެ. ދެވަނަ ސެމީ ފައިނަލް މެޗްގައި ވާދަކުރާނީ މިލާން ކްރިކެޓް އެކަޑަމީ އާއި މާލޭ ސްޕޯޓްސް ކްލަބެވެ. މިމުބާރާތުގައި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26ވަނަ ދުވަހުއެވެ.

ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގެ ޖުމްލަ 10 ޓީމެއް ބައިވެރިވިއިރު، މިމުބާރާތުގެ މެޗުތައް ކުރިއަށްގޮސްފައިވަނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ.