ވިޔަފާރި

ހުކުރު ދުވަހުން ފެށިގެން 10 ޖަހާއިރު ފިހާރަތައް ބަންދުވާނެ


ހުކުރު ދުވަހުން ފެށިގެން، ފިހާރަތައް ރޭގަނޑު 10 ޖަހާއިރު ބަންދު ކުރަން ޖެހޭނެ
ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.



ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް،  ފިހާރަތައް ރޭގަނޑު 11
ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސަވާފައިވަނީ،  ސްކޫލްތައް ހުޅުވަން އޭރު ކުޑަ ދުވަސްކޮޅަކަށް ވެފައި އޮތުމުން، އަތޮޅުތެރެއިން މާލެއަށް ބާޒާރުކުރަން އަންނަ ފަރާތްތަކާއި، ޗުއްޓީއަށް އެކި ތަންތަންނަށް ދިޔުމަށް ފަހު މާލެ އަންނަ
ފަރާތްތަކަށް ސްކޫލް ކުދިންނަށް ގަންނަން ބޭނުންވާ ތަކެތި ގަތުމުގައި ލުއި ފަސޭހަ
ގޮތްތަކެއް އިންތިޒާމްކޮށްދެއްވުމުގެ ގޮތުންނެވެ. 




ރޭގަނޑު 11 ޖަހަންދެން
ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިން ނަމަވެސް، ކެފޭ، ރެސްޓޯރަންޓްތައް ދަންވަރު 12 ޖަހާއިރު ބަންދު ކުރަންޖެހޭ
އުސޫލަށް އެއްވެސް ބަދަލެއް ގެެންނަވާފައެއް ނުވެއެވެ.