މުނިފޫހިފިލުވުން

ކިއަރާގެ މި ދަބަހުގެ އަގު އެގޭތަ؟


ދާދީ ފަހުން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ކިއަރާ އަދުވާނީ ވަނީ މިހާތަނަށް އައިއިރު ރީތި ގިނަ ފިލްމުތަކެއް ކުޅެ ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައެވެ.

އެކްޓިން އަށް މޮޅު މި ތަރި އަކީ ފެޝަނަށްވެސް ވަރަށް ލޯބިކުރާ ތަރިއެކެވެ. އަދި އަމިއްލަ ރީތި ސްޓައިލެއްވެސް ކިއަރާ ގެންގުޅެއެވެ. ހާއްސަކޮށް ކިއަރާގެ އެއާޕޯޓް ލުކަކީ އަބަދުވެސް ފާހަގަކޮށްލެވޭ ސްޓައިލެކެވެ.

ކިއަރާ އެންމެ ފަހުން ކިއާރާ އެއާޕޯޓުން ފެނުނީ އަޅި ކުލައިގެ ކްރޮޕް ޓޮޕަކާއި ޖެގިންއެއްގައި ހުއްޓައެވެ. އަދި މަތިން ލާފައިހުރީ އޮފް ވައިޓް ބްރޭންޑުގެ ސްޕްރޭ ޕެއިންޓްކޮށްފައިހުރި ޖެކެޓެކެވެ. ނަމަވެސް އެންމެ އަޅައިގަތީ އޭނާ އަތުގައިއޮތް ގުޗީގެ އަތްދަބަހެވެ.

ގުޗީގެ އޮފިޝަލް ވެބްސައިޓްގައިވާގޮތުން މަޑުނޫކުލައިގެ މި ދަބަހުގެ އަގަކީ 3980 އެމެރިކާ ޑޮލަރެވެ. އެއީ 296،029 އިންޑިއަން ރުޕީސް އެވެ.

މިދިޔަ އަހަރު ދެއްކި ކާމިޔާބު ފިލްމު "ޝޭރުޝާހު" ގައިވެސް ކިއަރާގެ މުހިއްމު ރޯލެއް ވަނޯ ފެނިގެން ގޮސްފައެވެ. ކިއަރާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި އަންނަ މޭ މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ބޫލްބުލައްޔާ 2" ، "ޖުގް ޖުގް ޖިޔޯ" އަދި "ގޯވިންދާ ނާމް މެރާ" ވެސް ހިމެނެއެވެ.