ކުޅިވަރު

ނިއުރޭޑިއެންޓް އިންތިޚާބު މިމަހު 28ގައި




ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ އިންތިހާބު
މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. އެކްލަބުން ވަނީ
އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް މާދަމާއިން ފެށިގެން މިމަހުގެ 25
ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައެވެ.

ނިއުރޭޑިއެންޓްގެ ޗެއާމަން
ކަނޑައަޅަނީ ބޯޑަށް ހޮވޭ މެމްމަބަރުންގެ ތެރެއިންނެވެ. އެންމެ ފަހުން އެކްލަބްގެ ޗެއާމަންކަން
ކުރެއްވީ އަލީ ވަހީދު ( ބަލަކް )އެވެ. އަލީ ވަހީދު ވަނީ ކުރިއަށް އޮތް ދައުރުގައި
ވާދަނުކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ. އަލީ ވަހީދުއާއެކު ނިއުރޭޑިއެންޓް
ވަނީ މިދިޔަ ފަސް އަހަރުގެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

މިއަހަރުގެ އޭއެފްސީ
ކަޕްގައިވެސް ވާދަކުރާ ނިއުރޭޑިއެންޓުން އާ އަހަރުގެ ސީޒަނަށް ތައްޔާރުވާނީ
ކްލަބްގެ އިންތިހާބަށް ފަހުގައި ކަމަށް އެކްލަބުން ވަނީ މީގެ ކުރިން ބުނެފައެވެ.