ކުޅިވަރު

ކ.ގުރައިދޫގައި ބަށިކޯޓަކާއި ފުޓްސަލް ދަނޑެއް




ކ
އަތޮޅު ގުރައިދޫގައި ބަށިކޯޓަކާއި ފުޓްސަލް ދަނޑު ހެދުމަށް ޔޫތު މިނިސްޓްރީން
ސްޕީޑް ކޮންސްޓްރަކްޝަން އާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.



މި
އެއްބަސްވުމުގެ ދަށުން ބަށިކޯޓް 45 ފަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އަދި  ފުޓްސަލް ދަނޑު 85 ދުވަހުގެ ތެރޭގައި ނިންމުމަށް
އެއްބަސްވެފައިވެއެވެ.



އެއްބަސްވުމުގައި
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ޔޫތު މިނިސްޓަރ
އަހުމަދު ޒުހޫރު ވިދާޅުވީ، ގުރައިދޫގައި ހެދުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑާއި
ބަށިކޯޓަކީ މި ސަރުކާރުން އެކި ރައްރަށުގައި ތަރައްޤީކުރައްވަމުން އަންނަ ސްޕޯޓްސް
އެރީނާގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަސައްކަތް
ކުރައްވާނެކަމަށެވެ.

ކ
ގުރައިދޫ ކައުންސިލް އިދާރާގައި ކުރިޔަށްދިޔަ ރަސްމިއްޔާތެއްގައި ޔޫތު
މިނިސްޓްރީން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަހުމަދު ޒުހޫރުއެވެ. އަދި
ސްޕީޑް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ހުސައިން ޝަރީފްއެވެ.