ކުޅިވަރު

ރަޝިޔާގައި ތިބި ބޭރުގެ ކުޅުންތެރިންނަށް އެޤައުމުން ބޭރަށް ދިއުމުގެ ހުއްދަ ދިނުން


ރަޝިޔާގެ ކްލަބްތަކަށް ކުޅެމުންދާ ބޭރު ޤައުމު ތަކުގެ ކުޅުންތެރިން އެކްލަބް ތަކާއެކު ހަދާފައިވާ ކޮންޓްރެކްޓްތައް ސަސްޕެންޑް ކޮށް ވަގުތީގޮތުން ރަޝިޔާއިން ބޭރަށް ދިއުމުގެ ހުއްދަ ފީފާއިން ދީފިއެވެ. ފީފާއިން މިކަން ހާމަކޮށްފައިވަނީ ރަޝިޔާއިން ޔޫކްރެއިން އަށް އަރާފައިވާތީ އެކަމާއި ގުޅިގެންނެވެ.

ފީފާއިން މިދިޔަ ހަފްތާގައިވަނީ ރަޝިޔާގެ ޤައުމީ ޓީމް ތަކާއި ކްލަބްތައް ވެސް ވަގުތީގޮތުން ސަސްޕެންޑް ކޮށްފައެވެ. ފީފާއިން އަންނަނީ ރަޝިޔާއިން ޔޫކްރެއިން އަށް އަރާ ހިންގަމުންދާ އުދުވާންތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. ފީފާއިން ހާމަކުރިގޮތުގައި ބޭރުގެ ކުޅުންތެރިންނާއި ކޯޗުންނަށް ރަޝިޔާގެ ކްލަބްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓް ރަޝިޔާގެ ފުޓްބޯޅަ ސީޒަން ނިމޭ ދުވަސް ކަމަށްވާ 30 ޖޫން 2022 ގެ ނިޔަލަށް ސަސްޕެންޑް ކޮށް އެހެން ކްލަބަކާއި އެކު އެއްވެސް މައްސަލައަކާއި ކުރިމަތިނުވެ ސޮއި ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯއިން ހާމަކުރިގޮތުގައި ފީފާގެ މިނިންމުން ރަނގަޅު ނަމަވެސް މިއަށްވުރެ ހަރުކަށި ނިންމުން ތަކެއް ފީފައިން ރަޝިޔާއާއި ދެކޮޅަށް އެޅުމަށް ގޮވާލާކަމަށެވެ.