ވިޔަފާރި

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ތަމްރީންތަކުގައި ބޭނުންކުރުމަށް އައު ބޯޓެއް


މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ތަމްރީންތަކުގައި ބޭނުންކުރުމަށް އައު ބޯޓެއް ގެނެސްފިއެވެ. އަލަށް ބޭނުންކުރުމަށް ގެނެސްފައިވަނީ މަލްޓި އިންޖީން ޓެކްނަމް އެއަރކްރާފްޓެކެވެ.

އޭވިއޭޝަން އެކަޑަމީން ބުނީ އަލަށް މިގެނައި އެއަރކްރާޕްޓް ބޭނުންކުރާނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ޓްރެއިނިންގ ތަކުގައިކަމަށެވެ. އެގޮތުން މި ބޯޓު ދަރިވަރުންގެ މަލްޓި އިންޖީން ޓްރެއިނިން ތަކުގައި ބޭނުންކުރެވޭނެކަމަށް އެ އެކަޑަމީން ބުނެއެވެ.

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން ދާދިފަހުން އުފައްދައި ހުޅުވި އެކަޑަމީއެކެވެ. މިއެކަޑަމީ ހިންގަނީ އައިލެންޑް އޭވިއޭޝަނާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ.

އޭވިއޭޝަން ސްކޫލްގެ ކިޔެވުން ޖަނަވަރީ މަހުގެ 10ވަނަ ދުވަހު ވަނީ 35 ދަރިވަރުންނާ އެކު ފަށާފައެވެ. މިސްކޫލުން ފުރަތަމަ ދޭން ހަމަޖެހިފައިވަނީ ފްލައިން ޓްރެއިނިންގއެވެ. އެހެންނަމަވެސް ކައިރި މުސްތަގްބަލެއްގައި އިތުރު ޕްރޮގްރާމްތައް ތައާރަފް ކުރެވިގެންދާނެއެވެ. މިފްލައިން އެކަޑަމީގެ ދަށުން އެންމެ ފުރަތަމަ ގެންދަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހުގެ ރިފްރެޝް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 50 ގަޑިއިރުގެ ތިއަރީއާއި ފްލައިން ކުރިއަށްދާނެއެވެ.

ޕައިލެޓުން ތަމްރީނުކުރުމަށްޓަކައި ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން ވަނީ އައްޑޫ ފްލައިން ސްކޫލެއް ހިންގާފައެވެ. އެތަނުގައި ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނު ނުދެވޭ ކަމަށް ބުނެ މިތަނުގެ ދަރިވަރުންގެ ޝަކުވާ ބޮޑުވެ އެތަނާއި މެދު ސަރުކާރުން ވަނީ ފިޔަވަޅުވެސް އަޅާފައެވެ.

އައު ފްލައިންގ ސްކޫލް ހުޅުވައިގެން ހިދުމަތްދޭން ފަށާފައިވާއިރު، ކުރިން ހިންގި ސްކޫލްގައި ކިޔެވި ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ސަރުކާރުން ވަނީ އިސްކަންދެއްވާފައެވެ.