އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލުން ވަޓްފޯޑް ބަލިކޮށް ލީގުގައި ޖެހިޖެހިގެން ހަތަރުވަނަ މޮޅު ހޯދައިފިއެވެ. ވަޓްފޮޑުގެ މައްޗަށް އާސެނަލް ކުރި ހޯދީ 3 ލަނޑު 2 ލަނޑުންނެވެ.
ރޭގެ މެޗުގައި މާޓިން އޮޑެގާޑް އާސެނަލްއަށް ލީޑު ނަގައިދީފައިވަނިކޮށް ހެނާންޑޭޒް ވަނީ ވަޓްފޯޑަށް އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފު ނިމުުމުގެ ކުރިން ބުކާޔޯ ސަކާ ވަނީ އާސެނަލަށް އަލުން ލީޑުނަގައިދީފައެވެ.މާޓިނެލީ ވަނީ އާސެނަލްގެ ތިން ވަނަ ގޯލު ޖަަހައިފައެވެ. ސަކާ އާއި މާޓިނެލީގެ ގޯލުތަކަށް ފުރުސަތު ތަނަވަސްކޮށްދިނީ އަލެކްސަންޑަ ލަކަޒޭޓެވެ.
މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ވަޓްފޯޑްގެ ދެ ވަނަ ގޯލު ޖެހީ ފްރާންސްގެ މިޑްފީލްޑަރު މޫސާ ސިސޯކޯއެވެ. އިތުރު ގޯލެއް ޖަހަން ވަޓްފޯޑުން ކުރިއަށް ޖެހުނު ނަމަވެސް އާސެނަލް ޑިފެންޑަރުން ވަނީ އެކަން ކާމިޔާބުވިޔަ ނުދީ ހިފަހައްޓާފައެވެ.
ލީގު ތާވަލްގެ އެއްވަނައިގައި ސިތީ އޮތީ 28 މެޗުން 69 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 27 މެޗުން ހޯދި 63 ޕޮއިންޓާއެކުގައެވެ. ތިން ވަނައިގައި ޗެލްސީ އޮތީ 26 މެޗުން 53 ޕޮއިންޓާއެކުގައެވެ. އާސެނަލް ހަތަރުވަނައިގައި އޮތީ25 މެޗުން 48 ޕޮއިންޓާއެކުއެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 28 މެޗުން 47 ޕޮއިންޓެވެ.