ކުޅިވަރު

ޕްރިމިއަރ ލީގުގައި ލިވަރޕޫލާއި ސިޓީގެ ފަރަގު 3 ޕޮއިންޓަށް ކުޑަވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު 3 ޕޮއިންޓަށް ކުޑަކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގައި ލިވަޕޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހާދިނީ ސާޑިއޯ މާނޭއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިވަޕޫލަށް ލިބިގެންދިޔައެވެ. މިމެޗުން ވެސްޓް ހޭމް ބަލިވި ނަމަވެސް އެޓީމުންވެސް ވަނީ ފާހަގަ ކޮށްލެވޭ ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ތަނަވަސްކޮށްފައެވެ. މިގޮތުން ޕަބްލޯ ފޮނާލްސް އާއި މެނުއަލް ލަންޒީނީއަށް ލިބުނު ދެފުރުސަތު ފާހަގަ ކޮށްލެވެއެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމުންކުރެ އެއްވެސް ޓީމަކަށް ހިފޭގޮތެއްނުވިއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލަށް މިހާރުވަނީ ކުޅުނު 27 މެޗުން ލިބިފައިވާ 63 ޕޮއިންޓް ލިބިފައެވެ. އަދި މިއާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ސިޓީ އާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ. އަދި މިރޭ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗުން ސިޓީ ބަލިވެއްޖެނަމަ ލިވަޕޫލަށް ތާވަލްގެ އެއްވަނައަށް އެރުމުގެފުރުސަތުވެސް ތަނަވަސް ވެގެންދާނެއެވެ. މިމެޗުން ބަލިވުމުން ވެސްޓް ހޭމް އުޅެނީ 45 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ