ކުޅިވަރު

އެޓަލަންޓާއާ ވާދަކޮށް ރޯމާ މެޗު ކާމިޔާބުކޮށްފި


އިޓަލިއަން ސެރީއާގައި އޭ އެސް ރޯމާ އާއި އެޓަލާންޓާ ބައްދަލުކުރި މެޗް ރޯމާ ކާމިޔާބުކޮށްފިއެވެ. ރޯމާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވަދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓަލާންޓާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ. މިމެޗްގައި ރޯމާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހައިދިނީ ޓެމީ އަބްރަހަމެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. އަދި މިއާއެކު އޭނާ ވެފައިވަނީ ޔޫރަޕްގެ ބޮޑެތި ހުރިހާ ލީގަކަށް ބަލާއިރުވެސް މިސީޒަންގައި 20 ލަނޑު ކާމިޔާބުކުރި އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭނާވަނީ ސެރީއާގައި 13 ލަނޑު ކާމިޔާބުކޮށްފައެވެ.

މިކާމިޔާބީއާއެކު ރޯމާ ވަނީ ކުޅުނު 27 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް އަރާފައެވެ. އެޓަލާންޓާއަށް 27 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު އެޓީމް ތާވަލްގެ ފަސްވަނައިގައިއޮތީ ފައިދާ ގޯލަށް ބަލާއިރު ރޯމާއަށްވުރެ ކުރީގައި އުޅޭތީއެވެ.