ކުޅިވަރު

އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލަށް ޗެލްސީ، ލިވަރޕޫލް އަދި ސައުތުހެމްޓަން


އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި، ޗެލްސީ އާއި ލޫޓަން ޓައުން ވާދަކުރި މެޗު ޗެލްސީ ކުއާޓަރ ފައިނަލުން ޖާގަހޯދައިފިއެވެ. ޗެލްސީ މެޗު ކާމިޔާބުކުރީ 3-2 އިންނެވެ. ލޫޓަން އިން ރޭގެ މެޗުގެ ދެ ވަނަ މިނިޓްގައި ޗެލްސީ ކޮޅަށް ލީޑުނެގީ ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ރީސް ބާކް ޖެހި ގޯލުންނެވެ. މެޗުގެ 27 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސައުލް ނިގޭޒް ޗެލްސީ އަށް އެއްވަރުކޮށްދިނެވެ. ޗެލްސީ އަށް ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުޞަތުގައި ސައުލް ޖެހި ބޯޅަ ލޫޓަންގެ ކީޕަރު ހެރީ އިސްޓެޑް ވަނީ މަތަކޮށްފައެވެ. މެޗުގެ ދެވަނަ ހާފްގައި ލޫޓަންގެ އެއްވަނަ ކީޕަރަށް އަނިޔާވެގެން ވަނީ ބަދަލް ކީޕަރު އިސްޓެޑް ކުޅެން އަރުވާފައެވެ.

މެޗުގެ 40 ވަނަ މިނިޓްގައި ލޫޓަން އިން ދެ ވަނަ ފަހަރަށް ލީޑުނެގީ ހެރީ ކޯނިކް ޖަހައިދިން ގޯލުންނެވެ. މިއީ ޗެލްސީގެ ކޯނިކް ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ދެ ވަނަ ހާފުގައި ޗެލްސީ ކޮޅަށް ނަތީޖާ އަނބުރާލުމުގައި ޓިމޯ ވާނާ ވަނީ އިސް ރޯލެއް އަދާކޮށްފައެވެ. އެ ގޮތުން މެޗުގެ 68 ވަނަ މިނިޓްގައި ޗެލްސީ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ވާނާއެވެ. އަދި އޭގެ 10 މިނިޓް ފަހުން ރޮމެލޫ ލުކާކޫ ޗެލްސީ މޮޅުކޮށްދިން ގޯލު ޖަހައިދޭން ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ވާނާއެވެ

އިނގިރޭސި އެފް އޭ ކަޕްގެ ކްއާޓަރ ފައިނަލުން ލިވަޕޫލް ވެސް މި ވަނީ ޖާގަހޯދައިފއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ލިވަޕޫލް ޖާގަހޯދީ ފަސްވަނަ ބުރުގައި ނޯވިޗ ސިޓީ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅާ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޓަކުމީ މިނަމީނޯއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހައި ލީޑު ފުޅާކޮށްދިނީ ވެސް މިނަމީނޯއެވެ. މިމެޗްގައި ނޯވިޗްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހައިދިނީ ލޫކަސް ރުޕްއެވެ. މިމެޗާއި ލިވަޕޫލް ކުރިމަތި ލާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަރަބާއޮ ކަޕްގެ ފައިނަލްގައި ޗެލްސީ ބަލިކުރުމަށްފަހު ސީޒަންގެ ފުރަތަމަ ތަށްޓާއެކުގައެވެ. އަދި މިމެޗަށް ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕް ވަނީ 10 ބަދަލު ގެނެސްފައެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ މިރެއެވެ.

އިނގިރޭސި އެފް އޭ ކަޕްގެ ކްއާޓަރ ފައިނަލުން ސައުތެމްޕްޓަންވެސް ވަނީ ޖާގަހޯދައިފައެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ސައުތުހެމްޓަން ޖާގަހޯދީ ފަސްވަނަ ބުރުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ބައްދަލުކުރިމެޗް 3 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވެސްޓް ހޭމްއިން ގިނައިރު ބޮޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސައުތުހެމްޓަންއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސައުތުހެމްޓަންއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ރޮމެއިން ޕެރައުޑެވެ. މިމެޗްގައި ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މިކައިލް އެންޓޯނިއޯ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް މިލަނޑު ޖެހިތާ ނުވަމިނެޓްފަހުން ލިބުނު ޕެނަލްޓީއަކުން ސައުތުހެމްޓަންގެ ކެޕްޓަން ޖޭމްސް ވާރޑް ޕްރައުސް އެޓީމަށް އަނެއްކާވެސް ލީޑު ނަގައިދިނެވެ. މިލަނޑު މިމެޗްގައި ސެއިންޓްސްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ އަރްމަންޑޯ ބްރޯހާއެވެ.

ފަހަކަށް އައިސް މިސީޒަންގައި ސައުތެމްޕްޓަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިމެޗަށް އެޓީމުންވަނީ ބައެއް އާކުޅުންތެރިންނަށް ވެސް ފުރުސަތުދީފައެވެ. މިގޮތުން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޕެރައުޑް އާއި ވިލް ސްމޯލްބޯން ވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ.