ކުޅިވަރު

އިނގިރޭސި އެފް އޭ ކަޕްގެ ކުއާޓަރ ފައިނަލަ ސިޓީ އާއި މިޑިލްސްބްރާ


އިނގިރޭސި އެފް އޭ ކަޕްގެ ކުއާޓަރ ފައިނަލުން މެންޗެސްޓަރ ސިޓީއިން ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ސިޓީ ޖާގަހޯދީ ފަސްވަނަ ބުރުގައި ޕީޓަރބޮރޯ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންންވެ. ޕީޓަރބޮރޯގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް ސިޓީއަށް ވަނީ މިމެޗްގެފުރަތަމަ ހާފްގައި ޕީޓަރބޮރޯގެ ޑިފެންސް ފޫއަޅުވާލެވޭގޮތް ނުވެފައެވެ. މިމެޗްގައި ސިޓީގެ ފުރަތަމަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހައިދިނީ ރިޔާދު މަހްރެއިޒެވެ. އަދި ދެވަނަ ލަނޑު އޭގެ ހަތް މިނެޓްފަހުން ޖަހައިދިނީ ޖެކް ގްރީލިޝްއެވެ. މިމެޗް ދެލަނޑު ސުންލަނޑުން ސިޓީއަށް ކާމިޔާބު ކުރެވުނު ނަމަވެސް މިމެޗް ސިޓީއަށް މާފަސޭހަ މެޗަކަށް ވެގެނެއް ނުދިޔައެވެ. މިމެޗް ފެށުމުގެ ކުރިން ދެޓީމްގެ ކެޕްޓަނުން ވަނީ ޔޫކްރެއިނަށް ތާއީދު ކުރުމުގެ ގޮތުން ޔޫކްރެއިން ދިދަ ހިފައިގެން ފޮޓޯއަކަށް ހުއްޓިފައެވެ. އަދި މިމެޗްގައި ސިޓީގެ ކެޕްޓަނަކަށް ފެނާންޑީނިއޯ ހަމަޖެއްސި ނަމަވެސް އޭނަވަނީ ކެޕްޓަން ބޭންކް މިމެޗަށް ޔޫކްރެއިނަށް ނިސްބަތްވާ ސިޓީގެ ކުޅުންތެރިއެއް ކަމަށްވާ އޮލެގްޒެންދަރ ޒިންޗެންކޯއަށް ކެޕްޓަން ބޭންޑް ދީފައެވެ. މިއީ ސިޓީއިން ޒިންޗެންކޯ އާއި ޔޫކްރެއިން ރައްޔިތުންނާއެކު ތިބިކަން ރަމްޒު ކޮށްދިނުމުގެ ނިޔަތުގައި ކުރި ކަމެކެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ޒިންޗެންކޯ އަށް އަސަރު ކޮށްފައިވީ ނަމަވެސް މެޗްގައި ކުޅެވޭ ވަރަށް އޭނާ ފިޓްކަމަށެވެ.

މިކާމިޔާބީއާއެކު ސިޓީ މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފައިވާއިރު އެޓީމް ދެން ބައްދަލުކުރާ ޓީމެއް ކަށަވަރު ވާނީ މިއަންނަ ބުރާސްފަތި ދުވަހުއެވެ.

މި މުބާރާތުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި މިޑިލްސްބްރާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް މިމުބާރާތުގެ ކްއާޓަރ ފައިނަލުން މިޑިލްސްބްރާ ވަނީ ޖާގަހޯދައިފައެވެ. މިޑިލްސްބްރާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާޔާބު ކުރެވޭގޮތް ނުވުމުން ކުޅުނު އިތުރު ވަގުތުގެ ދެހާފްގައި ކާމިޔާބުކުރި ލަނޑާއެކު އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް މިޑިލްސްބްރާއެވެ. އަދި މިމެޗްގައި ސްޕަރސްއާއި އެއް ހަމައެއްގައި މިޑިލްސްބްރާ ވަނީ މުޅި މެޗްގައި ކުޅެފައެވެ. މިއީ މިޑިލްސްބްރާ އެޓީމްގެ ދަނޑުގައި ޖެހިޖެހިގެންމޮޅުވި އަށްވަނަ މެޗެވެ. ސްޕަރސްއަށް ތައްޓެއް ކާމިޔާބު ނުކުރެވި ގިނަދުވަސް ވެފައިވުމުން އެކަމަށް ހައްލެއް ގެނައުމުގެ މަޤްސަދުގައި ކްލަބަށް ގެނައި އިޓަލީގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ ބެލުމުގެ ދަށުން ކުޅުނު ފުރަތަމަ ސީޒަންގައި މިހާރު މިވަނީ ތައްޓެއް ނުލިބޭނެކަން ކަށަވަރުވެގެން ގޮސްފައެވެ. އެހެންކަމުން ސްޕަރސްއަށް މިވަނީ އެހުވަފެން ހަގީގަތަކަށް ހެދުމަށް އަންނަ އަހަރަށް މަޑު ކުރާށެވެ. މިމެޗްގައި މިޑިލްސްބްރާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 107 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖޯޝް ކޯބަރންއެވެ.