ކުޅިވަރު

ތުރުކީ މެރެތަންގައި ވާދަކުރުމަށް ނަސްރުﷲ ޓީމާއެކު ފުރައިފި


އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮތް ދިވެހި ދުވުންތެރިޔާ، ނަސްރުﷲ އަހުމަދު ތުރުކީގައި ބާއްވާ މެރަތަން އަކަށް ފުރައިފިއެވެ.

ނަސްރު، އޭނާގެ 79 ވަނަ މެރަތަން ދުވަން ނިންމާފައިވަނީ އޭނާ ކޯޗުކޮށްދޭ ހަތަރު ދުވުންތެރިން ވެސް ވާދަކުރާ އިވެންޓެއް ކަމަށްވާ, ތުރުކީގެ ރަންތާލިޔާ އިވެންޓްގައެވެ. އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މެރެތެންގައި ނަސްރާއި މުހައްމަދު އިރުފާން ފުލް މެރަތަން ދުވަން ނިންމާފައިވާއިރު، ދެން ވާދަކުރަނީ ހާފް މެރަތަން ދުވަން ނިންމާފައިވާ، އަހުމަދު ޒިޔާން، ރިޒާން ރަޝީދު، ޔޫސުފް އިބްރާހިމް އަދި އަހުމަދު ޒިޔާން މުހައްމަދެވެ.
ޤައުމީ ދިފާއީ ބާރުގައި މަސައްކަތްކުރާ ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުގައެވެ. ދުވުމުގެ ތެެރެއަށް ރަސްމީކޮށް ނުކުންނަން ނަސްރަށް ހިތްވަރު ލިބުނީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ ތެރެއިން ކުރެވުނު ތަޖުރިބާ އަކުންނެވެ.

އެ ގޮތުން އެ މުބާރާތުގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނައިގައި އޮވެ، އެ ރޭހުގެ އެންމެ ފަހު 400 މީޓަރުގައި ތަފާތު ހިތްވަރެއް ނެރެ، ކުރިއަށް ޖެހިލި ގޮތަށް ގޮސް ރޭހުގެ ތިން ވަނަ ނިންމާލިއެވެ. އެއީ އޭނާގެ ވިސްނުން ދިގު ދުވުންތަކާ ދިމާލަށް ދިޔަ ސަބަބެވެ. އެ ވިސްނުމުގައި ކުރިއަށް ޖެހި، 2008 ގައި އޮތް އެމްޓީސީސީ މެރަތަން ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމާއި، ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ.

މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ ދެ ދުވުންތެރިއަކު ޑާކާ މެރަތަންގައި ވާދަކުރިއިރު، ޓީމުގެ ކޯޗަކަށް ހުރީ ނަސްރުﷲއެވެ.

އިބުރާހީމް އަޙޫމަދު

ވަރަށް ރަނގަޅު އެހީތެރިކަމެއް ތިފޯރުކޮށްދެއްވީ. އުރީދޫ މޯލްޑިވްސް އަށް ވަރަށްބޮޑަށް ޝުކުރިއްޔާ.