ވިޔަފާރި

ކޯވިޑާއި ގުޅިގެން ބަންދުކުރި ޓްރެވެލަރ ގްލޯބަލް އޮފީސް އަލުން ހުޅުވައިފި


ކޯވިޑާއި ގުޅިގެން ބަންދުކުރި ލަންކާގެ ޓުއަރ އޮޕަރޭޓަރ ކުންފުނި ޓްރެވެލަރ ގްލޯބަލްގެ އޮފީސް އަލުން ހުޅުވައި ޙިދުމަތް ދޭން ފަށައިފިއެވެ.

މިއޮފީސް އަލުން ހުޅުވައިދެއްވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު، އޭ.އެމް.ޖޭ ސާދިޤްއެެވެ. މި އޮފީސް އަލުން ހުޅުވައި ޙިދުމަތް ދޭން ފެށުމާއި ގުޅިގެން، އެކުންފުނިން ބުނީ، މީގެ ކުރީންވެސް އެކުންފުނިން ދެމުން އައި ޙިދުމަތްތައް ކުރިއެކޭ އެއްގޮތަށް ދޭނެ ކަމަށެވެ. އެގޮތުން ލަންކާއާއި ދުނިޔޭގެ އެހެން ސަރަހައްދުތަކައް ޓްރެވެލް ޕެކޭޖް ފޯރުކޮށްދިނުމާއި، ހައްޖު ޢުމްރާ ދަތުރުގެ ޓިކެޓިން އަދި ވިސާ ޙިދުމަތް އެކުންފުނިން ދެއެއެވެ.

ޓްރެވެލާރ ގްލޯބަލްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު، ސާދިޤް ވިދާޅުވީ، ޓްރެވެލަރ ގްލޯބަލްގެ އޮފީސް އަލުން ހުޅުވިގެން މިދިޔައީ ވަރަށް ރަނގަޅު ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން ލަންކާއަށް ޕީސީއާރް ޓެސްޓާއި ނުލާއި ދަތުރު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާއިރު، މިއީ ލަންކާގައި ދިރިއުޅޭ ދަރިވަރުންވަނާއި ދިވެހި އާއިލާތަކަށް އަދި ލަންކާއަށް ދަތުރު ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރެވެލާރ ގްލޯބަލްއަކީ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޕީއެސްއޭއެކެވެ. އެއަރލައިނުން ބުނީ، ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑޫއަށް އިތުރު ކުރުމަށް ނިންމާފައިވާ މި ދަނޑިވަޅުގައި މި އޮފީސް އަލުން ހުޅުވިގެން ދިއުމަކީ އެ އާލައިންނުން ދަތުރު ކުރާ ފަރާތްތަކަށް ލިބޭނެ ފަސޭހައެއް ކަމަށެވެ.

ޓްރެވެލަރ ގްލޯބަލް އޮފީހެއް ރާއްޖޭގައި ހުޅުވައި ޙިދުމަތް ދޭން ފުރަތަމަ ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޯވިޑަށް އޮފީހުން ދެމުން ގެންދިޔަ ޙިދުމަތް މެދުކެނޑިގެން ދިޔައިރު، އަލުން އޮފީސް ހުޅުވުމާއެކު ކާމިޔާބު ދުވަސްތަކެއް ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމުގައި ކުންފުނިން ފާހަގަ ކުރެއެވެ.