މުނިފޫހިފިލުވުން

މިލަވަ ކުޅުނީ 15 ކިލޯގެ ގަހާނާ އަޅައިގެން


"ރަންގީލާ" ، "ޖުދާއީ"، "ސަތަޔާ" އަދި "ހަމް ތުމް ޕޭ މަރްތޭހޭ" ފަދަ ފިލްމުތަކުން ބޮލީވުޑްގެ ކުރީގެ ބަޠަލާ އުރުމިލާ ވަނީ ބެލުންތެރިންގެ ހިތްތައް އަތުލާފައެވެ. 1974 ވަނަ އަހަރު އުފަންވި މި ރީތި ބަޠަލާ ވަނީ ތެލުގޫ، ތަމަޅަ އަދި މަލަޔާލަމް ފިލްމުތައްވެސް ކުޅެފައެވެ. އުރުމިލާ ބޮޑަށް މަޝްހޫރުވެފައިވަނީ ތްރިލާ ފިލްމުތަކުންނެވެ.

އުރުމިލާ އަކީ ހުނަރުވެރި އެކްޓިންއެއްގެ އިތުރުން މޮޅަށް ނަށާ ތަރިއެއްގެ ގޮތުގައި ބޮލީވުޑްގައި މަޝްހޫރު ތަރިއެކެވެ. އޭނާގެ ނެށުންތައް މިހާރުވެސް ވަރަށް މަޝްހޫރެވެ. މިގޮތުން އުރުމިލާގެ "ޗައްމާ ޗައްމާ" އަކީވެސް ވަރަށް މަޝްހޫރު ލަވައެކެވެ.

މި ލަވައާއި ބެހޭގޮތުން ދާދި ފަހުން އުރުމިލާ ބުނީ މި ލަވައިގައި އޭނާ 15 ކިލޯގެ ގަހަނާ ބޭނުންކޮށްފައިވާކަމަށެވެ. އަދި ލަވަ ފަރިތަކޮށްލަންވެސް ފުރުސަތު ނުލިބުކަންވެސް އުރުމީލާ ފާހަގަކުރިއެވެ.

އެކްޓަރެއްގެ އިތުރުން މިހާރު ސިޔާސީ ދާއިރާގައިވެސް ހަރަކާތްތެރިވަ އުރުމިލާ މަޝްހޫރުވީ 1983 ވަނަ އަހަރު ދެއްކި "މާސޫމް" އިންނެވެ. އޭގެފަހުން 1995 ވަނަ އަހަރު ދެއްކި ފިލްމު "ރަންގީލާ" ، 1997 ވަނަ އަހަރު ދެއްކި 'ޖުދާއީ" 1999 ވަނަ އަހަރު ދެއްކި ރޮމޭންޓިކް ކޮމެޑީ "ހޫބުސޫރަތް" އަދި 2000 ވަނަ އަހަރު ދެއްކި ތްރިލާ "ޖަންގަލް" އަކީވެސް އުރުމިލާގެ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.

އުރުމިލާ ވަނީ ކަޝްމީރަށް އުފަން ވިޔަފާރިވެރިޔާ އަދި މޮޑެލް މުހުސިން އަޚްތަރާއި 2016 ވަނަ އަހަރު ކައިވެނިކޮށްފައެވެ.