މާލޭގައި މިރޭ އަންހެނަކަށް އަނިޔަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހެންވޭރު ގެއްގައި އަންހެނަކަށް އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރި ވެފައިވާކަމަށެވެ.
އަނިޔާކުރިކަމަށް ބެލެވޭ ދިވެހި ފިރިހެން މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މިމައްސަލާގައި ހައްޔަރު ކުރި މީހާގެ މާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.