ޚަބަރު

ސަޢުދީ ޤައުމީ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


ސަޢުދީ ޢަރަބިއްޔާގެ ޤައުމީ އެއާލައިން، ސަޢޫދިއާގެ ދަތުރުތައް އަންނަ މާޗް މަހުގެ 30 ވަނަ ދުވަހު ރަސްމީކޮށް ރާއްޖެއަށް ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.ސަޢުދިއާއިން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރާނެކަމަށް އެ އެއާލައިންގެ ޓްވިޓަރ އެކައުންޓުގައި ބުނެފައިވެއެވެ. ސަޢުދިއާގެ ދަތުރުތައް އޮންނާނީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުން ފުރައިގެން ސްރީލަންކާގެ ކޮލަމްބޯ މަގުން މާލެއަށްކަމަށް އެ ކުންފުނިން ހާމަކުރެއެވެ.ސަޢުދިއާ އެއަރލައިންގެ ދަތުރުތައް މާޗް މަހު ފެށުމަށް ތައްޔާރު ވެފައިވާއިރު މިހާރު ޓިކެޓް ބުކް ކުރެވޭނެ ކަމަށްވެސް އެ އެއާލައިނުން މަޢުލޫމާތުދެއެވެ. ރާއްޖެ އަށް ހަފުތާއަކު 3 ދުވަހު ދަތުރުކުރަން ސަޢުދީ ޢަރަބިއްޔާގެ ޤައުމީ އެއާލައިނަށް ހުއްދަ ދީފައިވެއެވެ. އެ އެއަރލައިނަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވަނީ ހޮނިހިރު، އާދީއްތަ އަދި ބުދަ ދުވަހުއެވެ.