މުނިފޫހިފިލުވުން

ކީ އަގު ބޮޑުވީމަ މި ތަރިންނަށް މި ފިލްމުތައް ނުލިބުނު


ބޮލީވުޑް އެކި ތަރިންވަނީ ގިނަ ކެރެކްޓަތަކެއް ފިލްމުތަކުގައި ކުޅެފައެވެ. އަދި މި ކެރެކްޓަތަކަށް ބަލާލުމުން ބައެއް ފަހަރަށް ހީވަނީ މީ ހަމަ އެތަރިންނަށް ބިނާކޮށް ވާހަކަ ލިޔެ ގެނެސްދީފައިވާ ރޯލްތައްކަމަށެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ފިލްމުތަކުން ފުރަތަމަ ފެންނަނީ އެ ފިލްމަށް ޕްރޮޑިއުސަރުން ނަގަން ބޭނުންވާ ތަރިންނެއް ނޫނެވެ. މަޝްހޫރު ތަރިން ކިޔާ ބޮޑެތި އަގުތަކުން، ޕްރޮޑިއުސަރުން ކިތަންމެ އެދުނަސް ކާސްޓުން ބަދަލުކޮށް ވަރަށް އާދައިގެ ތަރިންނާއި އެކުވެސް ބައެއް ފަހަރަށް ޝޫޓް ކުރަންޖެހެއެވެ. މި ބަދަލާއި އެކުވެސް ހިޓްވި ފިލްމުތައް ވަރަށް ގިނައެވެ.

"ކިކް"

"ދަބަންގް" އިން ތައާރަފްވި ސޮނާކްޝީ އޯޑިއަންސުން ބަލައިގަތީ ވަރަށް އަވަހަށެވެ. އެ ސަބަބާއި ހުރެ އޭގެ ސީކުއަލުންވެސް ޖާގަ ލިބި ބައެއް އެހެން ފިލްމްތަކުންވެސް އޭނާއަށް ފުރުސަތު ލިބެމުންދިޔައީ ދާދި އަވަހަށެވެ. ސަލްމާންޚާނާއި ޖެކްލިން ފެނާންޑެޒް ލީޑްރޯލުން ފެނުނު ފިލްމު "ކިކް" ފުރަތަމަ ދިނީ ސޮނާކްޝީއަށެވެ. ނަމަވެސް ފީ ބޮޑުވެގެން ސޮނާކްޝީގެ ނަން އުނިކޮށް އެ ފިލްމު ދެން ހުށައެޅީ ދީޕިކާއަށެވެ. ދިޕިކާވެސް ހުށައެޅި އަގު ބޮޑުވެ އެންމެ ފަހުން ފިލްމު ދިނީ ދިނީ ޖެކްލީންއަށެވެ. ޖެކްލިން ހިމަނައިގެންވެސް ފިލްމި ވަނީ ފައިދާ ހޯދާފައެވެ.

"ޕަދްމާވަތު"

މި ފިލްމު ވަރަށް ގިނަ ބަޔަކު ހަނދާން ހުންނާނެއެވެ. ރަންބީރުގެ މޮޅު އެކްޓީން ފެނިގެންދިޔަ އެއް ފިލަމަކީ މިއީއެވެ. މި ފިލްމުގެ މުހިއްމު ރޯލެއް ސަންޖޭ ލީލާ ބަންސާލީ ފުރަތަމަ ހުށައެޅީ ބޮލީވުޑްގެ ބާދު ޝާހް، ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކްހާނަށެވެ. އެހެންނަމަވެސް ސަންޖޭއަށް ޝާހުގެ އަގު މާބޮޑެވެ. އެ ސަބަބާއި ހުރެ ޝާހުގެ ފިލްމުގެ ކާސްޓުން އުނިކޮށް ސަންޖޭ ލީލާ ބަންސާލީ އުފެއްދި "ޕަދްމާވަތު" ވީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ ލިސްޓުގައެވެ.

"ކަލް ހޯ ނަ ހޯ"

ބްލީވުޑްގެ ލޯބީގެ ފިލްމުތަކުގެ އެންމެ ކުރީގައި އުޅޭ އެއްބަޔަކީ ދަރްމާ ޕްރޮޑަކްޝަންއެވެ. އެ ޕްރޮޑަކްޝަން ހައުސްއިން އުފެއްދި ހުރިހާ ލޯބީގެ ފިލްމަކީވެސް ކާމިޔާބު ގިނަ ބަޔަކު އަދުވެސް ހަނދާން ހުންނަ ފިލްމުތަކެވެ. މީގެތެރެއިން އެއް ފިލްމަކީ "ކަލް ހޯ ނަ ހޯ" އެވެ.

މި ފިލްމުގެ ލީޑިން އަންހެންތަރިއެއްގެ ގޮތުން ފެނިގެންދިޔައީ ޕްރިތީ ޒިންތާއެވެ. އެހެންނަމަވެސް މި ފިލްމުގައި ހިމެނުނު ނައިނާގެ ރޯލް ފުރަތަމަ ކަރަން ޖޯހަރް ހުށައެޅީ ޕްރިތީއަކަށް ނޫނެނެވެ. ކަރަން މި ފިލްމު ފުރަތަމަ ހުށައެޅީ އެނާގެ ވަރަށް ފޭވަރިޓް ތަރިއެއްކަމަށްވާ ކަރީނާ ކަޕޫރަށެވެ. އެއީ ކަރިނާގެ "މުޖުސޭ ދޯސްތީ ކަރޫގާ" ކުޅެމުން އައި ދުވަސްވަރެވެ. އެހެންނަމަވެސް ކަރީނާ ހުށައެޅި އަގޮބޮޑުވުމުން އެންމެ ފަހުން ޕްރިތީއަށް ފިލްމު ލިބުނީއެވެ.

"ބަހޫބާލީ"

މީ ބޮލީވުޑްގެ އެތައް ރެކޯޑެއް މުގުރާލި ފިލްމެކެވެ. މި ފިލްމުގައި މެއިން ކާސްޓުންގެ ގޮތުގައި ފެނުނު ހުރިހާ ތަރިންނަށްވެސް ދީފައިވަނީ ވަރަށް ވަރުގަދަ ރޯލްތަކެވެ. ހާއްސަކޮށް މި ފިލްމުގައި ފެނިގެންދިޔަ މަންމަ ސިގްމާދެވީގެ ރޯލު ފާހަގަކޮށްލެވެއެވެ. މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މި ރޯލް ފުރަތަމަ ހުށައެޅި ބޮލީވުޑްގެ އެންމެ ކާމިޔާބު އެންމެ ވާސަޓައިލް އެކްޓްރެސް ސްރީދޭވީއަށެވެ. އެހެންނަމަވެސް ސްރީދޭވީ ކީ އަގު ބޮޑުވުމުން އެންމެ ފަހުން އެރޯލު ދިނީ ރާމަޔާ ކްރިޝްނާއަށެވެ.

"ޖޯލީ އެލް އެލް ބީ 2"

އަކްޝޭ ކުމާރު ލީޑްރޯލުން ފެނުނު "ޖޯލީ އެލް އެލް ބީ 2" ގައި އަކްޝޭގެ ރޯލު ފުރަތަމަ ހުށައެޅީ ނަވާޒުއްދީން ސިއްދީގަށެވެ. އޭނާ އެރޯލް ކުޅެދޭން ބުނީ 3.5 ކްރޯޑް ރުޕީސްއަށެވެ. އެހެންކަމުން އެންމެ ފަހުން ފިލްމު ނިންމީ އަކްޝޭ ބޭނުންކޮށްގެންނެވެ. ފިލްމަށް ވަނީ އެދެވޭ ކާމިޔާބީއެއް ލިބިފައެވެ.