ޚަބަރު

ހައިކޯޓުގެ އިސްފަނޑިޔާރަށް މަޤާމުގެ ފަތްކޮޅު އަރުވައިފި


ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވި އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީއަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމުގެ ފަތްކޮޅު އަލްއުސްތާޛު އަބްދުﷲ ދީދީއަށް އެރުވީ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ.  މި ރަސްމިއްޔާތުގައި ކޮމިޝަންގެ ބައެއް މެމްބަރުންނާއި ހައިކޯޓުގެ ބައެއް ފަނޑިޔާރުންނާއި ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެޑައިގެންނެވިއެވެ. އަލްއުސްތާޛު ޢަބްދުﷲ ދީދީ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް ހަމަޖެއްސެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމެވީ، މިމަހުގެ 7 ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖެއްސަވައި މަޤާމުގެ ފަތްކޮޅު މިއަދު އަރުވާފައިވާއިރު،  ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން މިމަހުގެ ހަތްވަނަ ދުވަހު ވަނީ އިޢުލާންކުރައްވައިފައެވެ.