ޚަބަރު

އޭސިސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވައިފި


އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިކަން ހާމަކުރައްވާފައެވެ.

އެއޮފީހުން ވިދާޅުވީ އެނަންތައް ހާމަކުރައްވާނީ ކުރިއެކޭވެސް އެއްގޮތަށް މަޖިލީހުންކަމަށެވެ.

އޭ.ސީ.ސީ.ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައި މިވަނީ އެ ކޮމިޝަނުގެ 5 މެންބަރުން ޢިސްތިޢުފާ ދެއްވާފައި ވާތީއެވެ. އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އެމެމްބަރުންގެ ޕާފޯމަންސް އޮޑިޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން މެމްބަރުން ވަކި ކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން އެކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުގެކުރިން ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވިނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ.

އޭސީސީގެ މެމްބަރުކަމަށް ހުޅުވާލައްވާފައި ވަނީ މިދިޔަ ޖެނުއަރީމަހުގެ 5ވަނަ ދުވަހުއެވެ.