ޚަބަރު

ހޮސްޕިޓަލްތައް އިމާރާތްކުރުމަށް މިއަހަރުގެ ތެރޭގައި ޓެންޑަރަށް


ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން އިމާރާތް ކުރުމަށް ހަމެޖެހިފައިވާ ހޮސްޕިޓަލްތައް މިއަހަރުގެ އެކި ކުއަޓަރތަކުގައި ޓެންޑަރަށް ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ އެކި ސަރަޙައްދުތަކުގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ ތެރެއިން އެކި ފަރާތްތަކުގެ ލޯނު އެހީއާއި ސީދާ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢޫތައް އެބަހުރިކަމަށެވެ. މިގޮތުން އަންނަ މަހުގެ ތެރޭގައި 30 އެނދުގެ ހޮސްޕިޓަލްތައް އެޅުމަށް ޓެންޑަރަށް ހުޅުވާލާނެކަމަށާއި 50 އެނދުގެ ހޮސްޕިޓާތައް އެޅުމަށް މިއަހަރުގެ ދެވަނަ ކުއަޓަރގައި ޓެންޑަރަށް ލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތައް އެޅުމަށްވެސް ދެވަނަ ކުއަޓަރގެ ފަހުބައިގައި ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވެއެވެ.

30 އެނދުގެ ހޮސްޕިޓަލްތައް

  • ހދ.ހަނިމަދޫ
  • ނ.މިލަންދޫ
  • ނ.ވެލިދޫ
  • އދ.މާމިނގިލި
  • ކ.ތުލުސްދޫ
  • ވ.ފެލިދޫ
  • ތ.ވިލިފުށި

50 އެނދުގެ ހޮސްޕިޓަލްތައް

  • އއ.ރަސްދޫ
  • ޏ.ފުވައްމުލަކު

100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް

  • ގދ. ތިނަދޫ
  • ހދ. ކުޅުދުއްފުށި

ކޮންޓްރެކްޓް ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢޫތައް

  • ނ.ކެނދިކޮޅުދޫ -30 އެނދުގެ ހޮސްޕިޓަލް
  • ހއ. އިހަވަންދޫ- 30 އެނދުގެ ހޮސްޕިޓަލް
  • ޅ.ހިންނަވަރު-30 އެނދުގެ ހޮސްޕިޓަލް
  • ނ.މަނަދޫ 50 އެނދުގެ ހޮސްޕިޓަލް

30 އެނދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ޓެންޑަރ ކޮށްފައިއެވެ. އަދި 50 އެނދުގެ ހޮސްޕިޓަލް ދެވަނަ ކުއަޓަރގައި ޓެންޑަރަށް ލާނެކަމަށް މިނިސްޓަރ ނަޞީމް ވިދާޅުވިއެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތައް

  • ރ. އަލިފުށި 30 އެނދުގެ ހޮސްޕިޓަލް
  • ދ.ކުޑަހުވަދޫ 50 އެނދުގެ ހޮސްޕިޓަލް
  • ހއ.ދިއްދޫ 50 އެނދުގެ ހޮސްޕިޓަލް
  • ގއ. ވިލިނގިލި 50 އެނދުގެ ހޮސްޕިޓަލް

ވޯލްޑް ބޭންކް ލޯން އެހީގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢޫތައް

  • ހުޅުމާލޭގައި ޤާއިމް ކުރުމަށް ހަމަޖެހފައިވާ ވެކްސިން އަދި ސެންޓްރަލް ސްޓޯރޭޖް
  • ރާއްޖޭގެ އުތުރުގައި ށ. ކޮމަންޑޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވެކްސިން އަދި ސެންޓްރަލް ސްޓޯރޭޖް
  • ދެކުނުގައި ގދ.ގައްދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ވެކްސިން އަދި ސެންޓްރަލް ސްޓޯރޭޖް

ޑޯއިޗަރ ބޭންކްގެ ލޯނު އެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް

  • ލ.ގަމުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް، 3 ވަނަ ކުއަޓަރގައި ޓެންޑަރަށް ލުމަށް ވަނީ ހަމަޖެހިފައި.
  • ގދ.ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލް، 2 ވަނަ ކުއަޓަރގައި ޓެންޑަރަށް ލުމަށް ވަނީ ހަމަޖެހިފައި.

ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވީ ޔޫރޮޕިއަން އިންވެސްޓްމަންޓް ބޭންކްގެ އެހީގައި ނޭޝަނަލް ހެލްތް ލެބޯޓްރީއެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ށ.ފުނަދޫގައި 50 އެނދުގެ ހޮސްޕިޓަލްގެ އިތުރަށް ރ.މީދޫއާއި ބ.ތުޅާދޫއާއި ހއ. ހޯރަފުށީގައި ހޮސްޕިޓަލް އެޅުމަށްޓަކައި މިއހަރުގެ 2 ވަނަ ކުއަޓަރގައި ޓެންޑަރަސް ލާނެކަމަށްވެސް މިނިސްޓަރ ވިދާޅުވެއެވެ. މީގެ އިތުރުން އިންޑިއަން އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން ސިއްޙީ މަރުކަޒުތައް އިމާރާތް ކުރާނެ ކޮންޓްރެކްޓަރުން ހޯދާފައިވާކަމަށާއޮ، މިހާރު ކުރިއަށްދަނީ ޑޮކިއުމަންޓޭޝަންގެ މަސައްކަތްތައް ކަމަށެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ދާއިރާ ހަރަުދަނާ ކުރުމުގެ ގޮތުން ހޮސްޕިޓަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. އަދި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ކުރިން ނެތް ޚިދުމަތްތައް ތަޢާރަފްކޮށް އައު ޚިދުމަތްތައްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.